Congo aa Raajjeaa Dhemedhu Haarijee Gulhun GaaimuKoffi
image
ދިވެހިރާއްޖެ އާއި ކޮންގޯއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރުމުގެ ލިޔުމުގައި ސޮއި ކުރައްވަނީ--- ފޮޓޯ: ފޮރިން މިނިސްޓްރީ
0 ކޮމެންޓް
 

ކޮންގޯއާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފި

ދިވެހިރާއްޖެއާއި ރިޕަބްލިކް އޮފް ކޮންގޯއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފިއެވެ.
ރާއްޖެއާއި އެފްރިކާގެ ގައުމެއްކަމުގައިވާ ކޮންގޯއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރުމުގެ ލިޔުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އދ.އަށް ކަނޑައަޅާފައިވާ ހުންނަވާ ދާއިމީ މަންދޫބް ޑރ. އަލީ ނަސީރު މުހައްމަދެވެ. އަދި ކޮންގޯ ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އދ. އަށް ކަނޑައަޅުވާފައިހުންނަވާ އެގައުމުގެ ދާއިމީ މަންދޫބު ރޭމަންޑް ސާރޖް ބޭލްއެވެ.

އާބާދީގައި ގާތްގަނޑަކަށް 4.95 މިލިއަން މީހުން ދިރިއުޅެމުން އަންނަ ކޮންގޯއާއެކު ހާރިޖީ ގުޅުން ގާއިމުކުރުމާއެެކު އެގައުމުވެގެންގޮސްފައިވަނީ ރާއްޖެއާއެކު ހާރިޖީ ގުޅުން ގާއިމުކުރި 168 ވަނަ ގައުމަށެވެ. ދާދިފަހުން ރާއްޖެއިން ވަނީ އެފްރިކާގެ ހުޅަނގުގެ ގައުމެއްކަމަށްވާ އައިވަރީކޯސްޓާއެކު ސިޔާސީ ގުޅުން ވެސް ގާއިމުކޮށްފައެވެ.
ހިޔާލު