Madheena Islamic University ge Raees Raajje vadaigenfi
image
އޮޓޯ އައިޔޫއެމް
0 ކޮމެންޓް
 

މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ރައީސް ރާއްޖެ ވަޑައިގެންފި

މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ރައީސް ޑރ ހާތިމް އަލް މަރްޒުކީ ރާއްޖެ ވަޑައިގެންފި އެވެ. muni
ހޮނިހިރު ދުވަހު އެމަނިކުފާނު ރާއްޖެވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ އިސްލާމިކް ޔުނުވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްގެ ޗާންސެލާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑރަ މަޓްރެކް އަބްދުﷲ އަލްޑޮސަރީ އެވެ.

މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރައީސް ރާއްޖެއަށް މިކުރައްވާ ދަތުރު ފުޅަކީ ރާއްޖޭއާއި ސައުދީއަރަބިއްޔާއާއި ދެމެދު ތައުލީމީ ދާއިރާއިން ގުޅުން ވަރުގަދަ ކުރެއްވުމަށް ކުރައްވާ ދަތުރު ފުޅެކެވެ.

މި ދަތުރުފުޅުގައި މަދީނާ ޔުނިވަރސިޓީގެ ރައީސް ޑރ ހާތިމް އަލް މަރްޒުކީ ރައީސް އަބްދުﷲ ޔާމީނާއި ބައްދަލު ކުރެއްވުމަށްވަނީ ނިންމަވާފައެވެ.

މީގެ އިތުރުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އިސްވެރިންނާއި ބައްދަލު ކުރައްވާ ދެ އިދާރާގެ ދެމެދުގައި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގައި ޑރ ހާތިމް އަލް މަރްޒުކީ އަރަބިއްޔާ ސްކޫލްގެ އިސްވެރިންނާއި ބައްދަލު ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
ހިޔާލު