Eagle Balikoh Maziya Thaavaluge 2 Vana Ah
image
އީގަލްސްގެ ޒާދު (ވ) ކައިރިން މާޒިޔާގެ ދާދު ބޯޅަ ހޯދަން މަސައްކަތްކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
0 ކޮމެންޓް
 

އީގަލްސް ބަލިކޮށް މާޒިޔާ ތާވަލުގެ 2 ވަނައަށް

ރޭ މާލޭ ލީގުގައި އީގަލްސްއާ ބައްދަލު ކުރި މެޗު ކާމިޔާބުކޮށް މާޒިޔާ ތާވަލުގެ ދެ ވަނަ ޖެހިލައިފިއެވެ.
މާޒިޔާއިން ރޭގެ މެޗު ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އެޓީމުން ޖެހި ދެ ލަނޑު ވެސް ޖެހީ ބިދޭސީ ފޯވާޑު ކޮނޭލިއަސް ސްޓެވާޓް އެވެ.

މެޗުން މޮޅުވެ މާޒިޔާ ތާވަލުގެ ދެވަނަ ޖެހިލީ ކުޅުނު 7 މެޗުން 13 ޕޮއިންޓު ހޯދައިގެންނެވެ. ތިން ވަނާގައި އޮތް ޓީސީއަށް ވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. ތާވަލުގެ އެއް ވަނާގައި 13 ޕޮއިންޓާއެކު ގޯލުގެ ތަފާތުން ނިއު އޮތްއިރު އެޓީމަށް އަދި ފުރަތަމަ މެޗުގައި މެޗެއް ބާކީ އެބައޮތެވެ. މެޗުން ބަލިވެ އީގަލްސް ފުރަތަމަ ބުރު ނިންމާލީ ހަތް މެޗުން 11 ޕޮއިންޓާ އެކު އެވެ.

ހިޔާލު