Afgan Voters Registration Centerakah Hamalaa Dhee 31 Meehaku Maraalaifi
image
މިއަދުގެ ހަމަލާގައި ޒަހަމުވި މީހަކު ގެންދަނީ---ފޮޓޯ:އީޕީއޭ
0 ކޮމެންޓް
 

އަފްޣާން ވޯޓާސް ރަޖިސްޓްރޭޝަން ސެންޓަރަކަށް ހަމަލާދީ 31 މީހަކު މަރާލައިފި

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ވޯޓާސް ރަޖިސްޓްރޭޝަން ސެންޓަރަކަށް ޖާނުން ފިދާވެގެން ހަމަލާދީ 31 މީހަކު މަރާލައިފިއެވެ.
ކާބުލްގެ އެކްޓިން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ދާއޫދު އަމީން ވިދާޅުވީ ހަމަލާ ދީފައިވަނީ ސެންޓަރުގެރ ދޮރުމަތީގައި ހުރެ ގައިގައި ހަރުކޮށްފައިވާ ގޮވާތަކެތި ގޮއްވާލައިގެން ކަމަށެވެ.

އެ ހަމަލާގެ ޒިންމާ އައިއެސްއިން ވަނީ އުފުލާފައެވެ. ކާބުލްގެ ހުޅަނގުގައި ޝިއައީން އުޅޭ ސަރަހައްދެއްގައި ދިން އެ ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު ޒަހަމުވެފައިވާ އިރު މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ފުލުހުން ބުނެއެވެ. ޒަހަމުވެފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަ ކުދިން ހިމެނެއެވެ.

އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އަފްގާނިސްތާނުގެ އާއްމު އިންތިހާބު ބާއްވަން ތައްޔާރުވަމުންދާ އިރު އިންތިހާބީ މަރުކަޒުތަކަށާއި އާއްމުން އެއްވާ ހިސާބުތަކަށް ދޭ ހަމަލާތައް ދަނީ އިތުރުވަމުންނެވެ.

އަފްޣަނިސްތާނުގެ އިންތިހާބާ ބެހޭ ކޮމިޝަނުން ލަފާ ކުރާ ގޮތުގައި 15 މިލިއަން މީހުން ރަޖިސްޓަ ވާނެއެވެ. ވޯޓަސް ރަޖިސްތްރޭޝަން މިދިޔަ ހަފުތާ ހަދަން ފަށާފައިވާ އިރު މިހާތަނަށް ރަޖިސްޓަ ކޮށްފައިވަނީ މަދު ބައެކެވެ.

އަފްގާނިސްތާން
ހިޔާލު