Nivaakan Kuda Hedhumugai Fashion Mubaaraai Beyvvi Massala Balanee
image
އަދާރަންގައި ބޭއްވި ޓޮޕް މޮޑެލް މޯލްޑިވްސްގެ ފިނާލޭގެ ތެރެއިން---ފޮޓޯ:ސޯޝަލް މީޑިއާ
5 ކޮމެންޓް
 

ނިވާކަން ކުޑަ ހެދުމުގައި ފެޝަން މުބާރާތް ބޭއްވި މައްސަލަ ބަލަނީ

ޓޮޕް މޮޑެލް މޯލްޑިވްސްގެ ފަހު ބުރު ނިވާކަން ކުޑަ ހެދުންތަކެއް ބޭނުންކޮށްފައިވާތީ އެކަންތައްތައް ބަލަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ވީއެފްޕީން ސުވާލު ދެންނެވުމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެކަން ހިނގާފައިވާ ގޮތް އިސްލާމިކް މިނިސްޓްރީއާއި ފުލުހުން ބަލަމުންދާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވައެވެ. މި ހަބަރާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.

"ޓޮޕް މޮޑެލް މޯލްޑިވްސް 2018"ގެ ނަމުގައި ހީ އެންޑް ޝީ މޯލްޑިވްސްއިން ރާއްޖޭގައި ބޭއްވި އެ މުބާރާތަކީ 1993 ފެށިގެން "ޓޮޕް މޮޑެލް އޮފް ދަ ވޯލްޑް"ގެ ނަމުގައި ހިންގާ މުބާރާތެކެވެ. ޓޮޕް މޮޑެލް މޯޑިވްސްއަކީ އަދާރަން ސެލެކްޓް ހުދުރަންފުށި މޯލްޑިވްސްއިން ސްޕޮންސަކޮށްގެން ކުރިއަށް ގެންދިޔަ ކަމެކެވެ.

ޓޮޕް މޮޑެލް މޯލްޑިވްސްގެ ބައެއް ބައިވެރިން ނިވާކަން ކުޑަ ހެދުމުގައި ހަރަކާތްތެރިވަމުންދާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު ތޮޕް މޮޑެލް މޯލްޑިވްސްގެ ފަހު ބުރު ބާއްވާފައިވަނީ ވެސް އަދާރަން ސެލެކްޓް ހުދުރަންފުށި މޯލްޑިވްސް ރިސޯޓުގައެވެ.

ނިވާކަން ކުޑަ ހެދުމުގައި އެ މުބާރާތަުގެ ފަހު ބުރުގެ ބައެއް ކަންކަން ކުރިއަށް ގެންގޮސްފައިވާތީ އެތައް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ހިތްހަމަ ނުޖެހުން ފާޅުކޮށް ފާޑު ކިޔާފައެވެ.
ހިޔާލު

މިގޭ

ރިސޯޓުގައި ބުރާ އާއި ޖަނގިޔަލުގައިވެސް މީހުން އުޅޭ އެކަން މިނިސްޓަރަށް ފެންނާނީ އެތަނަށްގޮސްބެލީމާ. މީހަކު ކުރާކޮންމެ ކަމަކީ މިނިސްޓްރީއިން ހުއްދަދީގެން ކުރާކަމަކަށް ނުހަދަމާތޯއެވެ. އީޔޫ ކުދިންނަށް ހީވާނީ ހަސަންބެއަށް ހީވާހެން.

ކަޓޭ

އެއްކަމެއްވެސް ނުކުރެވޭނެ... އެމީހުން ވިއްޔާ ތިބޭނީ ބަލާފަ އަތްޖަހަން

ރީމް

ސޯޝަލްމީޑިއާގައި މީހުން އެކަމަށް ފާޑު ކިޔަންފެށީމަ މިމީހުންނަން ރޭކާވެސްމިލަނީ ...ނޭނގޭކަމަށް ހެދިގެންތިބޭނެ...

ކުމާރު

އަހަރުމެން ރަށުގަ އާއްމު ތަންތާންގަ އެތިބަ ދޮން ރީތި ރޫމީ އަންހެން ކުދިން އެ އުޅެނީ ކިރުހިއްޕިއާ ޖަންގިޔަލުގަ.. އެ ކަންކަން ހުއްޓުވޭނެ ހަމަ ނޯވޭ އެއްގޮތެއްވެސް.. އެކަން ހައްލުކުރަން ވާހަކަ ދައްކާނެ ސިޔާސީ މީހެއްވެސް ހަމަ ނެތް. އެއީ ނުވޭ ނިވާކަން ކުޑަ ހެދުން އަޅާކަމަކަށްވެސް ދޯ.

އަލީ.

ބަލާތި ކުރެވޭނެ ކަމެއް ނޯންނާނެ ކުޑަހުރާގަ ބުދުބެހެއްޓީމަ ކީއްކުރެވުނީ ފައިސާޔައް ވިކިފަ ތިބި ބަޔަކައް ނުބެލޭނެ