Ihthijaaj Hutaalai 15,000 Naruhun An'buraa Vazeefa ah
image
ޒިމްބާބްވޭގައި 15،000 އަށްވުރެ ގިނަ ނަރުހުން ވަނީ އަނބުރާ ވަޒީފާއަށް ނުކުމެފަ
0 ކޮމެންޓް
 

އިހުތިޖާޖު ހުއްޓާލައި 15،000 ނަރުހުން އަނބުރާ ވަޒީފާއަށް

ޒިމްބާބްވޭގައި އިހުތިޖާޖު ކުރަމުންދިޔަ 15،000 އަށްވުރެ ގިނަ ނަރުހުން އަނބުރާ މަސައްކަތަށް ނުކުމެއްޖެއެވެ.
އިހުތިޖާޖު ނިންމާލުމަށްފަހު ނަރުހުން މަސައްކަތަށް ނުކުމެފައިވަނީ، އެގައުމުގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށް އެދެވޭ ނަތީޖާއެއް ނުކުންނާނެ ކަމަށް ބެލެވުމުންނެވެ. މީގެ ހަފުތާއެއް ކުރިން އެ އިހުތިޖާޖު ފެށީ، މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމުކޮށްދިނުމަށާއި މުސާރަ ބޮޑުކޮށްދިނުމަށް އެދިއެވެ.

އިހުތިޖާޖު ކުރަން ފެށުމުން ޒިމްބާބްވޭގެ ސަރުކާރުން ބުނީ އިހުތިޖާޖު ކުރަމުންދާ ނަރުހުން ވަޒީފާައިން ވަކިކޮށްފައިވާ ކަމަށާއި އިހުތިޖާޖު ކުރަމުންދާ މީހުން ތިބީ "ސިޔާސީވެފައި" ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއީ ޒިމްބާބްވޭ ގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ މަގާމުން އިސްތިއުފާ ދެއްވި ފަހުން އެގައުމުގައި ބޭއްވި އެންމެ ބޮޑު އެއް ހަރަކާތެވެ. މީގެ ކުރިން އެގައުމުގެ ޑޮކްޓަރުންތަކެއްވެސް ވަނީ އިހުތިޖާޖުކޮށްފައެވެ.
ޒިމްބާބްވޭ އެފްރިކާ
ހިޔާލު