Current ge Mahsala Hahlukurumah Aa Generator eh Landhoo ah Gendhanee
image
ފެނަކަ ލަންދޫ ބްރާންޗް--
0 ކޮމެންޓް
 

ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އާ ޖަނަރޭޓަރެއް ލަންދޫއަށް ގެންދަނީ

ނ. ލަންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އާ ޖަނަރޭޓަރެއް އެރަށަށް ގެންދަން ނިންމައިފިއެވެ. leaward
މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިރޭ ނުވަތަ މާދަމާގެ ވަގުތެއްގައި ލަންދޫއަށް ގެންދަން ހަމަޖެހިފައިވަނީ 250 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ. އެހެންނަމަވެސް އެކަމާއި ގުޅިގެން ލަންދޫ އިންޖީނުގެ ހިންގަމުން އަންނަ ފެނަކައިގެ ބަހެއް އަދި ނުލިބެއެވެ.

ކަރަންޓުގެ މައްސަލަ ލަންދޫ އަށް ކުރިމަތިވެފައިވާތާ މިހާރު ގިނަ ދުވަސްތަކެއްވެފައިވާއިރު، އެކަމާއި ގުޅިގެން ބޮޑެތި ދަތިތަކާއި ކުރިމަތިވާތީ ރައްޔިތުން ވަނީ ރަށުގައި މުޒާހަރާވެސްކޮށްފައެވެ.

އާބާދީގައި 1000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ލަންދޫ އިންޖީނުގޭގައި ތިން ޖަނަރޭޓަރު ހުރިނަމަވެސް، ރަނގަޅަށް ހުރީ އެންމެ އިންޖީނެއްކަމަށް ލަންދޫ ކައުންސިލުގެ މެމްބަރު އަބްދުﷲ އާރިފް ވިދާޅުވިއެވެ. "ކަރަންޓުގެ މައްސަލަ ދިމާވާތީ ރަށްރަށުގަ ހުރި ބާދަގަނޑަށް ބޭނުންކުރާނެ ކަހަލަ އިންޖީނުތައް ހުރީ ލަންދޫގަ." ވީއެފްޕީއަށް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ދިން އިންޓަވިއުއެއްގައި އާރިފް ވިދާޅުވިއެވެ.

އިރުއިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރިނަމަވެސް ދާއިމީ ހައްލެއް ނުލިބޭކަމަށް އާރިފް ވިދާޅުވިއެވެ. އެގޮތުން 170 ކިލޯވޮޓްގެ ޖަނަރޭޓަރުން އުފައްދަނީ 60-50 އާ ދެމެދުގެ ކަރަންޓުކަމަށް އާރިފް ވިދާޅުވިއެވެ.
ހިޔާލު