Funadhoo Schoolge Teacherakah Dharivarunthakeh Hamalaadhee Biru Dhekkumun Male Genesfi
image
ށ. ފުނަދޫ ސްކޫލް--
7 ކޮމެންޓް
 

ފުނަދޫ ސުކޫލުގެ ޓީޗަރަކަށް ހަމަލާދީ ބިރު ދެއްކުމުން މާލެ ގެނެސްފި

ށ. ފުނަދޫ ސްކޫލުގެ ދަރިވަރުންތަކެއް ޓީޗަރަކަށް ހަމަލާދީ ކަޓަރުން ބިރުދެއްކުމާއި ގުޅިގެން އެ ޓީޗަރު މާލެ ގެނެސްފިއެވެ. dhi2
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ކަޓަރުން ބިރުދައްކާފައިވަނީ ފުނަދޫ ސްކޫލުގައި ބީޓެކް ކިޔަވައިދެމުން އަންނަ އިންޑިއާގެ ޓީޗަރަކަށެވެ. އެޓީޗަރަށް ބިރުދައްކާފައިވަނީ އެސެއިމަންޓްތަކެއް މާކްކޮށްފައިވާ ގޮތައި މެދު ހިތްހަމަނުޖެހި އެރަށު ސްކޫލުގައި ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންތަކެކެވެ.

ވީއެފްޕީއާ ވާހަކަ ދައްކަމުން އެ ހާދިސާ ހިނގި ގޮތް އެނގޭ މީހަކު ބުނި ގޮތުގައި، ކުދިން ހިތްހަމަ ނުޖެހުނީ އެސައިމަންޓް މާކްކޮށްފައިވާ ގޮތާއި މެދުއެވެ. އެގޮތުން ފުރަތަމަ ޓީޗަރަށް ހަމަލާ ދީފައިވަނީ ގޮނޑިއަކުން ކަމަށް އޭނާ ބުންޏެވެ. ގޮނޑިން ހަމަލާ ދިނުމުން ޓީޗަރު ސްޕްވައިޒަރު ކައިރިއަށް ދިޔަ ކަމަށާއި ނަމަވެސް ސްޕަވައިޒަރު އަނެއްކާ ވެސް ޓީޗަރު ކްލާހަށް ފޮނުވި ކަމަށް އެ މީހާ ބުންޏެވެ.

"ދެން ގޮސް ކްލާހަށް ވަނުމުން ކަޓަރު ކަރާ ދިމާލަށް ގެންގޮސް ބިރު ދެއްކީ. ތީޗަރު މިހާރުވީ އެނބުރި ގައުމަށް ދިއުމަށް މާލެ ގޮސް،" ފޮނަދޫއިން ވީއެފްޕީއަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ވީއެފްޕީން ފުނަދޫ ސުކޫލުގެ އިސް ފަރާތްތަކަށް ގުޅުމުން އެފަރާތްތަކުން ވިދާޅުވީ އެ މައްސަލައާއި ގުޅިގެން މިވަގުތު މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.

މިހަބަރާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
ހިޔާލު

Waddey

ސުކޫލް ޓީޗަރުގެ ކުށެއް ނެތް ކޮބާ އިންސާފު ހަރުކަށި އަދަބުދީ

ރަށުމީހާ

ޙާލަތުއް ޞަރޫރާގެދަށުން އެކުދިންނަށްވެސް ގައްޑާވެވިދާނު ރަނގަޅިއްޔާ ސްޕަވައިޒާރ އަކީ އަދުރޭގެ ފެމިލީމީހެއް

މަ

ހާދަހާވަ ދެރަ އޭ ދޯ

ޒުބެއިރު

މުސްލިމް ގައުމެއް.އެކަމަކު އަމާންކަމެއް ނެތް. ލަދެއްނުގަނޭތަ ވެރިކަމުގައި ތިބިމީހުން

ވިސްނާ

ތިކަންތަކަށް ހައްލު އަންނާނީ ފާސްނުވާ ކުދީން ރިޕީޓްކުރުވީމަ.. ދެއަހަރު ފާސް ނުވެއްޖެނަމަ މަދަރުސާއިން ކަނޑާލާ... ކުދީން ގައްޑާވާން ވެގެން ކުޑަކުޑައިރު މާރާމާރީ ހިންގާ ގޭންގުތަކާ ގުޅެނީ... އަދަބު ނުދިނުމުގެ ނަތީޖާ.... އަދި ވެސް ލަހެއްނުވޭ....

ފާރަގެމަ

ރަނގަޅު އޮފިސަރުން ކޮޅެއް އުފެދެނީ.ބާ މިފެންނަނީ ތައުލީމީ ނިޒާމުގެ ފުރިހަމަ ކާމިޔާބީ.ތޯއްޗެ.

ބީވާ

ގޭންގް ކުރިއެރީއޭ ދޯ. އެހެންތާ ވާނީ އެޑިއުކޭޝަނުން ބުނީ މާރާމާރީ ނުހިގަޔޯ. އެއީ ޚަބަރު ރީތި ކުރަން ހަދާ އެއްޗެއް.