Dhiraagu TV aai FIber Broadband Hidhumai G.DH Thinadhoo ah Tha'aarafkohfi
image
ތިނަދޫގައި ބޭއްވި ހަފުލާގެ ތެރެއިން--ފޮޓޯ ދިރާގު
0 ކޮމެންޓް
 

ދިރާގު ޓީވީ އާއި ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ގދ. ތިނަދޫއަށް ތައާރަފުކޮށްފި

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ހިދުމަތް ގދ. ތިނަދޫގައި އިއްޔެ ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
އެ ދެ ހިދުމަތް ތައާރަފްކުރުމުގެ ގޮތުން ގދ. ތިނަދޫގައި ދިރާގުން ވަނީ ކުލަގަދަ ހަފްލާއެއް ބާއްވާފައެވެ. އެ ހަފުލާގައި ބައިވެރިވި ކަސްޓަމަރުންގެ މެދުގައި ލަކީ ޑްރޯއެއް ބާއްވާ، ގުރުއަތުން ހޮވުނު ފަރާތަކަށް 55 އިންޗީގެ ޓީޓީ އަކާއި ތިން މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ވަނީ ދީފައެވެ. އޭގެ އިތުރުން ގުރުއަތުން ހޮވުނު އިތުރު 4 ފަރާތަކަށް ވެސް 3 މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަންވަނީ ދީފައެވެ.

އެ ހަފުލާގައި މަޝްހޫރު ލަވަކިޔުން ތެރިޔާ އަދި ދިރާގު ބްރޭޑް އެމްބެސެޑަރ ޝަލަބީ އިބްރާހިމްގެ ލަވަ ހުށައެޅުންވެސް ވަނީ ފެނިގެންގޮސްފައިއެވެ.

އެ ދެ ހިދުމަތް ތައާރަފްކޮށް ދިނުމުގެ ގޮތުން އެރަށުގައި ވަނީ ޕްރޮމޯޝަނެއް ފަށާފައެވެ. އެ ޕްރޮމޯޝަންގެ ދަށުން ފައިބަރ އަދި ދިރާގު ޓީވީ ގެ ހިދުމަތް އެއްވެސް އަގަކާ ނުލައި ގުޅައި ދިނުމުގެ އިތުރުން ދިރާގު ޓީވީ ބެލުމަށް ބޭނުންވާ ޖޯއިބޮކްސް ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ގދ. ތިނަދޫގައި މިގާއިމު ކުރެވުނު ފައިބަރގެ ހިދުމަތް މެދުވެރިކޮށް ދިރާގުޓީވީ ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

މާލެއާއި އަތޮޅު ތެރޭގައި ފޯރުކޮށްދޭ ހިދުމަތުގައި އެއްވެސް ތަފާތުކުރުމެއްނެތި ހަރަދުކުޑަކޮށް ދިރާގުޓީވީގެ އިންޓްރޯޑަކްޓަރީ ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެއެވެ. މިގޮތުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި ޑިޒްނީ ގެ ޗެނެލްތަކުން ފެށިގެން ގޮސް ހަބަރާއި މުނިފޫހިފިލުވުން އަދި އެންމެ ފަހުގެ ހިންދީ އަދި އިނގިރެސި ފިލްމާ މިއުޒިކް ޗެނެލްތައް ހިމެނެއެވެ. ދިރާގުގެ އިންޓްރޯޑަކްޓަރީ ޕެކެޖްގެ އަގަކީ 300 ރުފިޔާއެވެ.

ދިރާގު ޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް ނުވަތަ ސެޓްޓޮޕް ބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތަކަށް ވިޔަސް ދިރާގު ޓީވީ ބަލާކަށް އިންޓަނެޓްގެ އިތުރު ހަރަދެއް ނުހިނގުމުގެ އިތުރުން އިންޓަނެޓްގެ ޑައުންލޯޑް ލިމިޓް (ޔޫސޭޖް އެލަވަންސަކަށް) އަސަރެއްނުކުރާނެއެވެ. ދިރާގު ޓީވީމެދުވެރިކޮށް އެންމެ ފަހުގެ ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނެލްތައް ބަލާލެވޭނެއެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

ދިރާގުގެ ފައިބަރ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 39 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުންލިބެއެވެ.
ހިޔާލު