Raajjein Viyafaari Gulhun Kandaalaafaivaa Myanmarge Mudhaa Ufulaa Boatteh Raajjeygai
image
5 ކޮމެންޓް
 

ވިޔަފާރި ގުޅުން ކަނޑާލާފައިވާ މިޔަންމާގެ މުދާ އުފުލާ ބޯޓެއް ރާއްޖޭގައި

މިޔަންމާގެ މުދާ އުފުލާ ބޯޓެއް ރާއްޖެ އަތުވެއްޖެއެވެ.
ތައިލެންޑުން ފުރައިގެން އައި އެ ބޯޓު ދޫނިދޫއާއި މާލެއާއި ދެމެދަށްވާ ގޮތަށް އަޅާފައިވާ އިރު ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި މިޔަންމާގެ "ޔާން ބައި" ނަމަކަށް ކިޔާ އެ ބޯޓު ރާއްޖެ އައިސްފައިވަނީ "ސިފްކޯ ހިޔާގެ" ގެ ނަމުގައި އަޅަމުންދާ ސިފައިންނަށް ހާއްސަކޮށްފައިވާ ފްލެޓުތަކަށް ބޭނުންވާ ކޮސްޓްރަކްޝަން ސާމާނުތަކެއް ބަރުކޮށްގެންނެވެ.

9015797 އައިއެމްއޯ ނަމްބަރުގެ އެ ބޯޓު ރާއްޖެ އައިސްފައިވާއިރު ރާއްޖެއިން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މިޔަންމާއާއި އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލާފައެވެ. ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިޔަންމާއާއި އެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލާފައިވަނީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތައް ހުއްޓާލުމާ ހަމައަށެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވީއެފްޕީއަށް ވިދާޅުވި ގޮތުގައި މިޔަންމާއާއި އެކު ވިޔަފާރި ގުޅުން އަދި އިއާދަކޮށްފައެއް ނުވެއެވެ. "އެ ގުޅުން އަދި އޮތީ ހަމަ ކަނޑާލާފައި އޮތް ގޮތަށް،" ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާތަކުން ސަލާމަތްވާ 400000 ވުރެ ގިނަ މީހުން ބޯޑަރު ހުރަސްކޮށް ބަންގުލަދޭޝަށް ވަދެފައިވެއެވެ. އެ މީހުން އަނބުރާ މިޔަންމާއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ އިރު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ދަނީ އެމީހުންނަށް މިޔަންމާގައި އަދިވެސް ރައްކާތެރި ކަމެއް ނެތް ކަމަށް ބުނަމުންނެވެ.
މިޔަންމާ ރާއްޖެ
ހިޔާލު

އަބްދުﷲ

ތީ ސިފައިގެ މައްސަލަ އެއް ރައީސް ކީއްކުރާނީ

ާއަހައްމަދު

އެ ބޯޓުގެ ނަމަކީ “ޔާން ބާއި” :ޕީ

ޢަހުމަދު

ރައްޔިތުންގެ ލޮލުގަ އަނދުންއަޅުވައިގެންތިބެ އިސްލާމުންނަށް ފުރައްސާރަ ކުރަނީ. ފައިކޭޓަށް ބުރަވަންޏާ ދީނަކަށް މުސްލިމަކަށް ބެލުމެއް ނޯންނާނެ.

ހުސެންބެ

ވަގުންނަށް ވެރިކަމަށް ނޭރޭގޮތް ހަދައިގެން ނޫނީ ޤައުމު ސަލާމަތެއް ނުވާނެ.

ދެކުނުތަރި

ވައްކަންކުރަމުން ދޮގާ މަކަރު ހެދީމަ ރައްޔިތުން ގަމާރުވެފަ ތިބީކަމަށް ހީވާތީ ބޭނުންކަމެއް ކުރަމުންދަނީ