Noosverikamuge minivan kamugai raajje 3 dharaja fahathah
image
އެއްވުމެއް ކަވަރު ކުރަން އުޅުނު ނޫސްވެރިއަކަށް އަނިޔާވެ ފަރުވާދެނީ: ފައިލް ފޮޓޯ
0 ކޮމެންޓް
 

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ތިން ދަރަޖަ ފަހަތަށް

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި މިދިޔަ އަހަރަށް ވުރެ ދިވެހި ރާއްޖެ ތިން ދަރަޖަ ދަށަށް ޖެހިއްޖެއެވެ.
ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 117 ވަނާގައެވެ. ނަމަވެސް ތިން ދަރަޖަ ފަހަތައް ޖެހި ރާއްޖެ މިއަހަރު ލިސްޓް ކުރެވިފައިވަނީ 120 ގައެވެ. ކުރިން ރާއްޖެ އޮތް މަޤާމުގައި މިއަހަރު އޮތީ އަފްޤާނިސްތާނެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ލިސްޓުގައި ރާއްޖެ ތިން ދަރަޖަ މިއަހަރު ފަހަތަށް ޖެހުނު އިރު ނޫސްވެރިކަމާއި ނޫސްވެރިންނަށް މިއަހަރުވެސް ވަނީ ރާއްޖޭގައި އެތައް ދަތިތަކެއް ކުރިމަތިވެފައެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މިދިޔަ އަހަރަށް ވުރެ މިއަހަރު ތިން ދަރަޖަ ފަހަތަށް ދިޔައިރު، ފްރީޑަމް ހައުސްއިން ނެރޭ ޕްރެސްފްރީޑަމް ލިސްޓްގައި ރާއްޖެ މިދިޔަ އަހަރު ހިމަނާފައިވަނީ އެއްވެސް ވަރަކަށް ނޫސްވެރިކަމުގެ މިނިވަންކަން ނެތް ގައުމެއްގެ ގޮތުގައެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ބޮޑު ޤައުމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ނޯވޭއެވެ.
ނޫސްވެރިކަން މީޑިއާ
ހިޔާލު