Furuqaan Miskiyy there ah vettifa oiyy meehaku hospital ah gengosfi
image
މިސްކިތް ތެރެއަށް ވެއްޓިފަ އޮތް މީހާ ހޮސްޕިޓަލަށް ގެންދިއުމަށް ސްޓްރެޗާއަށް އަރުވަނީ
0 ކޮމެންޓް
 

ފުރުޤާން މިސްކިތް ތެރެއަށް ވެއްޓިފަ އޮތް މީހަކު ހޮސްޕިޓަލަށް ގެންގޮސްފި

އަމީނީ މަގުގައި ހުންނަ ގަލޮޅު ފުރުގާން މިސްކިތް ތެރެއަށް ވެއްޓިފަ އޮތް މީހަކު މިއަދު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
މަންޒަރުދުއް މީހަކުބުނީ މިއަދު ހަވީރު 5 ޖަހާކަށް ހާއިރު ހިނގި އެހާދިސާގައި މިސްކިތު ތެރެއަށް ވެއްޓިފައި އޮއްވައި ފެނުނީ އުމުރުން ދުވަސްވީ ފިރިހެނެއް ކަމުގައެވެ. އަދި އެމީހާ ވެއްޓިފައި އޮތް އިރު ކައިރީގައި ގިނަ އަދަދަކަށް ހޮޑު ލެވިފައިވާކަމަށްވެސް މަންޒަރުދުއް މީހަކު ކިޔައި ދިނެވެ.

އެމީހާއަކީ ކާކުކަން ނޭންގޭ ކަމަށާއި ނަމަވެސް އާއްމު ފަރާތަކުން އެމްބިއުލަންސަށް ގުޅައިގެން ފުލުހުންގެ އެހީތެރިމަމާއި އެކު ކުޑައިރުކޮޅެއްގެ ތެރޭގައި އެމީހާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެމްބިއުލާންސަށް އެރުވުމަށް ސްޓްރެޗާއަށް އެރުވި އިރު އެމީހާ ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާކަމަށް މައުލޫމަތު ދިން ފަރާތުން ބުނެއެވެ.

އޭނާބުނީ ބެލެވޭ ގޮތުގައި އުމުރުން ދުވަސްވީ މީހާ މިސްކިތު ތެރެއަށް ވެއްޓިފައިވަނީ އަނބުރައި ގަނެގެންނެވެ.

މިސްކިތު ތެރެއަށް ވެއްޓިފައި އޮއްވައި ހޮސްޕިޓަލަށް ގެންދެވުނު މީހާއާއި ގުޅޭ އަދި އެމީހާގެ ހާލަތާއި ބެހޭގޮތުން އިތުރު މައުލޫމާތެއް އަދި ސާފެއް ނުވެއެވެ.
ހޮސްޕިޓަލް
ހިޔާލު