Fahu Vaguthu Higuain Juventus Molhukohdheefi
image
0 ކޮމެންޓް
 

ފަހުވަގުތު ހިގުއައިން ޔުވެންޓަސް މޮޅުކޮށްދީފި

ރޭ އިޓަލީ ލީގުގައި ޔުވެންޓަސްއާ އިންޓަ މިލާން ބައްދަލު ކުރި މެޗު ފަހަތުން އަރާ ޔުވެންޓަސް އިން ކާމިޔާބު ކޮށްފި އެވެ.
ޔުވެންޓަސްއިން ރޭގެ މެޗު ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

އިންޓަމިލާނުގެ ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުވެންޓަސްއިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ޑަގްލަސް ކޮސްޓާ ޖެހި ލަނޑުން ޔުވެންޓަސް ލީޑު ނެގިއިރު އޭގެ ދެ މިނެޓު ފަހުން އިންޓަ މިލާންގެ ވެނީސިއޯއަށް ވަނީ ސީދާ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ކުޅުންތެރިޔަކު މަދުން ކުޅެން ޖެހުނު ކަަމުގައި ވިޔަސް އިންޓަ މިލާނުން ހިތްވަރު ދޫކޮށެއް ނުލައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި މާކޯ އައިކާޑީ ވަނީ ލަނޑެއް ޖަހާ އެޓީމަށް ނަތީޖާއެއްވަރު ކޮށްދީފައެވެ.

އިންޓާއިން މެޗުގެ ލީޑު ނެގިތާ 10 ވަރަކަށް މިނެޓު ފަހުން ޔުވެންޓަސް ކުޅެން ތެރިއަށް އަތުން ބައިކޮޅަށް ވަތް ލަނޑަކުން އެޓީމަށް މެޗުގެ ލީޑު ލިބުނެވެ. ނަމަވެސް މެޗު ނިމެން ތިން ވަރަކަށް މިނެޓަށް ވެފައިވަނިކޮށް އިންޓާގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑާއެކު އަލުން މެޗުގެ ނަތީޖާ ހަމަހަމަވިއެވެ. މެޗުގައި ޔުވެންޓަސްއިން އަލުން ލީޑު ނެގީ 89 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގޮންޒާލޯ ހިގުއައިން އެވެ.

މެޗުން މޮޅުވެ ޔުވެންޓަސް ލީގުގެ އެއް ވަނާގައި ލީޑު ފުޅާކޮށްފައިވާއިރު އެޓީމު އެއްވަނާގައި އޮތީ 88 ޕޮއިންޓާއެކު އެވެ. ދެވަނާގައި އޮތް ނަޕޯލީއަށް ލިބިފައިވަނީ 84 ޕޮއިންޓެވެ.
ހިޔާލު