Hurihaa Avashakah Current ge Hidhumai Foarukohdheefi
image
0 ކޮމެންޓް
 

ހުރިހާ އަވަށަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފި

އިންޑިއާގެ ހުރިހާ އަވަށަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވިއްޖެ ކަމަށާއި ވައުދު ފުއްދައިދެވިފައިވާ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޮޑީ ވިދާޅުވެއްޖެއެވެ. muni
މަގާމަށް އައުމުގެ ކުރިން، މޮޑީ ނިސްބަތްވެވަޑައިގަންނަވާ ބާރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ އެއް ވައުދަކީ އިންޑިއާގެ ހުރިހާ އަވަށަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމެވެ.

މޮޑީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިމަހުގެ 28 ވަނަ ދުވަހަކީ އިންޑިއާގެ ތާރީހުގައި ލިޔެވިގެންދާނެ ދުވަހެއް ކަމަށެވެ. މީހުން ދިިރިއުޅޭ ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދެވިފައިވާ ކަމަށާއި އިންޑިއާގެ އެތައް ބައެއްގެ ދިރިއުޅުން އެ ބަދަލާއެކު ބަދަލުވެގެންދާނެ ކަމަށްވެސް މޮޑީ ވިދާޅުވިއެވެ.





ކަރަންޓު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދަށުން އެންމެ ފަހުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައިވަނީ މަނިޕޫރްގެ ލެއިސަންގް އަވަށެވެ.

އިންޑިއާގެ މިނިވަން ދުވަސް ފާހަގަކުރުމަށް 2015 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މޮޑީ ވަނީ އިންޑިއާގެ ހުރިހާ އަވަށަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވާފައެވެ.
ހިޔާލު