Kiwi: Keumugai Konmehenves Himananvee Meyvaa eh!
image
ކިވީ--
0 ކޮމެންޓް
 

ކިވީ: ކެއުމުގައި ކޮންމެހެންވެސް ހިމަނަންވީ މޭވާއެއް!

ކިވީ އަކީ ތަފާތު އެކި ވިޓަމިންތަކާއި ފައިދާ ހުރި ގިނަ މާއްދާތަކެއް އެކުލެވޭ މޭވާ އެކެވެ. ހަށިގަނޑަށް އެންމެ ފައިދާހުރި ކާނާގެ ބާވަތްތަކުގެ ތެރޭގައި ވެސް ކިވީ ހިމެނޭއިރު މިމޭވާ އަކީ ދިވެހިންގެ މެދުގައި އެހާ އާންމު މޭވާއެއް ނޫނެވެ. އެހެންނަމަވެސް ކިވީ އަކީ ރާއްޖޭގެ ބާޒާރުގައި ތިޔާގި އެއްޗެކެވެ. ކިވީ އަކީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ މޭވާއެއްކަމުން މިމޭވާ ކެއުމުގައި ބޭނުން ކުރާ މިންވަރު އިތުރު ކުރަން ޖެހެއެވެ. muni
ސިއްހީ ބައެއް ފައިދާތައް
ހަކުރު ބަލި
ކިވީގައި އައިނޯސިޓޯލް ހިމެނެއެވެ. އޭގެ ސަބަބުން ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް އެހީވެދެއެވެ. ކިވީއަކީ ފައިބަރު އެކުލެވޭ މޭވާ އެއްކަމުން ހަށިގަނޑުގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލް ކޮށްދެއެވެ.

ލޭ މައްޗަށް ދިއުމާއި ހިތުގެ ދުޅަހެޔޮކަން
ކިވީއަކީ ސޯޑިއަމް މަދު، ޕޮޓޭސިއަމް ގިނަ މޭވާގެ ބާވަތެކެވެ. އަދި ޕޮޓޭސިއަމް ގިނަވުމަކީ ލޭގެ ޕްރެޝަރު ކޮންޓްރެލް ކުރުމަށް ވެސް އެހީތެރިވާ މާއްދާއެއް ކަމުން ކިވީ އަކީ ސިއްހަތަށް ވަރަށް ރަނގަޅު ކާނާއެކެވެ. މީގެއިތުރުން ހަށިގަނޑުގައި މެގްނީޒިއަމް މަދުވުމަކީ ލޭމައްޗަށް ދިއުމާއި ހާޓްއެޓޭކް ޖެހުން ފަދަ ހިތުގެ ބަލިތަކަށް މަގުފައިވާ ކަމެކެވެ. އެހެންނަމަވެސް ކިވީ އަކީ މެގްނީޒިއަމް ވެސް އެކުލެވޭ މޭވާއެކެވެ. ކިވީގައި އާރޖިނިންއާއި ގުލުޓަމޭޓް ވެސް ހިމެނޭއިރު، އާރޖިނިން އަކީ ލޭހޮޅިތައް ފުޅާކޮށްދޭ މާއްދާއެކެވެ. އެގޮތުން ހިތަށް ބަރާބަރަށް ލޭފޮރުކޮށް ދިނުމުގައި އާރޖިނިން އެހީތެރިވެދެއެވެ.

މާޔޫސްވުން
ކިވީއަކީ އައިނޯސިޓޯލް ކިޔާ މައްދާއެއް ވެސް އެކުލެވޭ މޭވާއެކެވެ. އެއީ ހަށިގަނޑުގެ އެތެރޭގެ ސެލްތަކުގެ ދެމެދުގައި މެސެޖްތައް ބަދަލުކޮށްދޭ މަސައްކަތް ކުރާ ޕްރިކާސަރ އެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ މާއްދާއެކެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި މާޔޫސްވުން ފަދަ މައްސަލަތަކުން ދުރުވުމަށް އެ މާއްދާގެ ސަބަބުން އެހީވެދެއެވެ.

މީގެއިތުރުން ކިވީގައި ފައިބަރު ގިނަވުމަކީ ސިއްހަތު ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީތެރިވާ މާއްދާއެކެވެ. އެގޮތުން ގޮހޮރުގެ ކެންސަރާއި ބަނޑު ހިއްކުމާއި ލޮލުގެ ދުޅަހެޔޮކަމާއި އަދި ނޭވާހިއްލުން ފަދަ މައްސަލަތަކަށް ކިވީ ކެއުމުގައި ބޭނުން ކުރާ ނަމަ ހައްލުހޯދުމަށް އެހީވެދެއެވެ.
ހިޔާލު