Kolhumadulu Atoll Volley Mubaarai Fashaifi
image
0 ކޮމެންޓް
 

ކޮޅުމަޑުލު އަތޮޅު ވޮލީ މުބާރާތް ފަށައިފި

ކޮޅުމަޑުލު އަތޮޅުކައުންސިލްގެ ފަރާތުން ކޮޅުމަޑުލުގެ ރަށްރަށަށް އަމާޒުކޮށްގެން ބާއްވާ ވޮލީމުބާރާތް ކޮޅުމަޑުލު ވިލުފުށީގައި ފެށިގެން ކުރިއަށް އެބަދެ އެވެ.
6 ރަށަކުން ޖުމްލަ 9 ޓީމް ބައިވެރިވެފައިވާ މި މުބާރާތް ކުރިއަށްދަނީ ފިރިހެން އަދި އަންހެން ޑިވިޝަން އަށް ބަހާލައިގެންނެވެ. މުބާރާތުގައި ބައިވެރިވެފައިވަނީ 5 ފިރިހެން ޓީމާއި 4 އަންހެން ޓީމެވެ.

މުބާރާތުގައި މިއަދު ހެނދުނުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ އަންހެން ޑިވިޝަންގެ 2 ޓީމް ކަމުގައިވާ ހިރިލަންދޫ އާއި މަޑިފުއްޓެވެ. އެ މެޗް 3 ސެޓް 1 ސެޓުން ކާމިޔާބުކުރީ މަޑިފުށީ ޓީމެވެ. މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މަޑިފުށީ ޓީމްގެ ޖާރޒީ ނަމްބަރ 2 މަރިޔަމް އަޒީފާ އެވެ.

ހެނދުނުގެ ދެވަނަ މެޗްގައި ބައްދަލުކުރީ އަންހެން ޑިވިޝަންގެ 2 ޓީމް ކަމުގައިވާ ވިލުފުށީ ޓީމާއި ވަންދޫ ޓީމެވެ. އެ މެޗް ސީދާ 3 ސެޓުން ކާމިޔާބުކުރީ ވިލުފުށީ ޓީމެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ވިލުފުށީ ޓީމްގެ ޖާރޒީ ނަމްބަރ 7 ފާޠިމަތު ސަޢީދާ އެވެ.

މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ފިރިހެން ޑިވިޝަންގެ 2 ޓީމެވެ. މި މެޗުގައި ބައްދަލު ކުރާނީ ހިރިލަންދޫ އާއި ވިލުފުށި އެވެ.

މުބާރާތް އިންތިޒާމް ކުރާ ފަރާތްކަމުގައިވާ ކޮޅުމަޑުލު އަތޮޅުކައުންސިލުން ބުނާ ގޮތުގައި މި މުބާރާތުގެ މަޤުޞަދަކީ ކޮޅުމަޑުލުގައި ވޮލީ ކުރިއަރުވައި ޤައުމީފެންވަރުގެ ކުޅުންތެރިން ވޮލީގެތެރެއިން އުފަންކުރުމާއި ކޮޅުމަޑުލުގެ ރަށްރަށުގެ ޓީމުތަކުގެ ކުޅުންތެރިންގެ މެދުގައި ގުޅުންބަދަހިކޮށް އަތޮޅުގެ ރަށްތަކުގެ ގުޅުންތެރިކަމާއި އެކުވެރިކަން އާލާކުރުމެވެ.
ކުޅިވަރު ވޮލީ ބޯޅަ
ހިޔާލު