Kudheenaa Fathun Libey Sih'hee Baeh Faidhaa
image
ކުދީނާ ފަތަކީ ސިއްހީ ގިނަ ފައިދާތަކެއް ލިބޭ ފަތެއް---
0 ކޮމެންޓް
 

ކުދީނާ ފަތުން ލިބޭ ސިއްހީ ބައެއް ފައިދާތައް

ކުދީނާ ފަތަކީ އާއްމުގޮތެއްގައި ސަޓަނި ހެދުމަށާއި ދިވެހި ބޭސްވެރިކަމަށް ދިވެހިން ބޭނުންކުރަމުން އަންނަ ފަތެކެވެ. ރާއްޖޭގައި ވެސް ހައްދާ މިބާވަތުގެ ފަތަކީ ބާޒާރުން ވެސް ވަރަށް ފަސޭހައިން ލިބޭ ފަތެކެވެ. kobadoctor
ކުދީނާ ފަތުން ލިބޭ ސިއްހީ ބައެއް ފައިދާ
ހަޖަމުކުރުން
ކުދީނާ ފަތް ބޭނުންކުރުމަކީ ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅުކޮށްދޭނެ ކަމެކެވެ. ބަނޑުގައި އިންފެކްޝަން ހުންނަ ހާލަތްތަކުގައި ބަނޑު ރަނގަޅުކޮށްދޭ މިފަތުގެ ވަހުގެ ސަބަބުން ވެސް ކުޅުދިޔާވެ ހަޖަމުކުރުމަށް އެހީތެރިވެދޭ އެންޒައިމްތައް ދޫކުރަން ފަށައެވެ. އެކަމުގެ ސަބަބުން ހަޖަމްކުރުމަށް އެހީއަކަށްވެއެވެ.

ލޭގެ ޕްރެޝަރު ދަށްކޮށްދިނުން
ކުދީނާ ފަތުގައި ހިމެނޭ ޕޮޓޭސިއަމްގެ ސަބަބުން ލޭގެ ޕްރެޝަރު ދަށް ކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި ހިތުގެ ވިންދު ތަރުތީބުކުރުމަށް އެހީތެރިވެއެވެ.

ނޭވާލާ ނިޒާމްގެ އުނދަގޫތައް
ކުދީނާ ފަތުގެ ވަސް ބެލުމަކީ ނޭފަތާއި އަނގަ، ކަރުތެރެ، ވައިނޮޅި އަދި ފުއްޕާމޭ ތެރޭގައި އުފެދޭ ދަވައާއި ދުޅަތިރިކުރުމަށް އެހީތެރިވާކަމެކެވެ. ނޭވާލާ ނިޒާމުގެ ބަލިތަކާއި އަރިދަފުސް ރޯގާގެ އުނދަގުލުން ކުދީނާ ފަތް ބޭނުންކުރާނަމަ ދުރުކޮށްދެއެވެ.

މާޔޫސްވުމާއި ވަރުބަލިވުން
ވަރުބަލިވުމާއި މާޔޫސްވުން އަދި ހިތްނުތަނަވަސްވުން ފަދަ ކަންކަމުން ކުދީނާ ފަތުން ތައްޔާރުކޮށްފައި ހުންނަ ތެޔޮ ބޭނުންކުރާނަމަ ފައިދާކުރެއެވެ. އެގޮތުން ބުއިމާއި އާވިއެރުވުމުގައި އަދި ނިތްކުރިމަތީގައި އަދި ގައިގައި ވެސް އެ ތެޔޮ އުނގުޅިދާނެއެވެ.

ހަމުގެ ދުޅަހެޔޮކަން
ކުދީނާ ފަތަކީ މޫނުގައި ނަގާ ބިއްސަށް ވެސް ފަރުވާކުރުމަށް ބޭނުންކުރާ ފަތެކެވެ. ހަންގަޑު އޮމާންކޮށްދީ ހިރުވުމާއި ކެހުމުން ވެސް ކުދީނާ ފަތް ބޭނުންކުރާނަމަ ދުރުކޮށްދެއެވެ.

ބަރުދަން ލުއި ކުރުން
ކުދީނާ ފަތް ބޭނުންކުރުމަކީ ހަޖަމުކުރުމަށް އެހީތެރިވެދޭ އެންޒައިމްތައް ދޫކުރުމަށް ބާރުއަޅާ ފަތެކެވެ. އޭގެ ސަބަބުން ސަރުބީތައް ހަށިގަނޑުގައި ޖަމާވެފައި ހުރުމުގެ ބަދަލުގައި އޭގެ ބޭނުން ހިފުމަށް ބާރުއަޅާއި ހަށިގަނޑުގައި ސަރުބީ ޖަމާވެ ފަލަވުމަށް ހުރަސްއަޅައެވެ.

މީގެއިތުރުން މޭނުބައި ކުރުމާއި ބޮލުގައި ރިއްސާނަމަވެސް ކުދީނާ ފަތް ބޭނުންކުރުމުން ރަނގަޅުވެއެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި ކުދީނާ ފަތަކީ ވިސްނުން ތޫނުކުރުމަށް ވެސް އެހީތެރިވާ އެއްޗެކެވެ. ކެންސަރާއި އަނގައިގެ ދުޅަހެޔޮކަމަށް ވެސް ކުދީނާ ފަތަކީ ރަނގަޅު އެއްޗެކެވެ. ހަށުގަނޑުގައި ދައުރުވާ ލޭތައް ސާފުކޮށް އެކި ބާވަތްތަކުގެ އިންފެކްޝަނާއި ހަށިގަނޑުގައި އުފެދޭ ވިހަތައް ބޭރުކޮށްދިނުމަށް ކުދީނާ ފަތް އެހީތެރިވެއެވެ.
ހިޔާލު