Dhivehi Noosverikan Gonjehunthakai Biruverikamuge Thereygai
image
ދިވެހި ނޫސްވެރިންތަކެއް---
1 ކޮމެންޓް
 

ދިވެހި ނޫސްވެރިކަން ގޮންޖެހުންތަކާ ބިރުވެރިކަމުގެ ތެރޭގައި

ބައިނަލު އަގުވާމީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާ އިރު ދިވެހި ނޫސްވެރިކަމަށް ވަނީ އެތައް ގޮންޖެހުންތަކަކާއި ފިއްތުންތަކެއް ކުރިމަތިވެފައެވެ. ކަންކަން ދާ ގޮތުން ނޫސްވެރިންނަށް އަދި އޮތީ މާޔޫސްކަމެވެ. މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކާއި ގަވާއިދާ އުސޫލުތަކަށް ގެންނަމުންދާ ބަދަލުތަކުން ފެންނަން އޮތީ ކަޅު ވިލާތަކެކެވެ. kobadoctor
ނޫސްވެރިކަމަކީ ޑިމޮކްރަޓިކް ދައުލަތެއްގެ ހަތަރު ވަނަ ބާރު ކަމަށް ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ބަލާއިރު އަދި ރާއްޖެއަށް ބަލާއިރު ވެސް ނޫސްވެރިން ގެނުވާފައިވާ ހެޔޮ ބަދަލުތައް ގިނަ ގުނައެވެ. ދައުލަތުގެ ބާރުތަކާއި އިސްވެރިން ޒިންމާ ކުރުވުމުގައި އަދާ ކުރާ ދައުރު ބޮޑެވެ.

ނޫސްވެރިކަމަށް ގޮންޖެހުންތައް ކުރިމަތި ކުރުވާ ހަނި ކޮށްފައިވަނީ ހުދުމުހުތާރު ވެރިކަން ކުރާ ގައުމުތަކުގައެވެ. ނުވަތަ އެމަގަށް ގައުމު ގެންދަން ބޭނުންވާ ވެރިކަން ކުރާ ގައުމުތަކުގައެވެ. ދައުލަތް ހިންގުމުގައި ދެފުށް ފެންނަ ނިޒާމުތައް ބަލިކަށި އަދި މުއައްސަސާތައް ހަރާބުވެފައިވާ ގައުމުތަކުގައެވެ. އެކަން ނޫސްވެރިކަމުގެ ތާރީހަށް ބަލާލުމުން ފެންނަން ހުންނާނެއެވެ. ނޫސްވެރިކަމަށް ގޮންޖެހުންތައް ކުރިމަތި ކުރުވަނީ ކަމެއް ނެތިއެއް ނޫނެވެ. އެފަދަ ގައުމުތަކުގައި ނޫސްވެރިކަން ހަނި ކުރަމުން ދަނީ މަތީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ފަސްބައި ފޮރުވާ ފޭރެމުންދާ ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ އޮއްބާ ލުމަށެވެ.

ރިޕޯޓާސް ވިތު އައުޓް ބޯޑަސް އިން ނެރެމުން ގެންދާ ޕްރެސް ފްރީޑަމް އިންޑެކްސްގައި 2013 ވަނަ އަހަރުން ފެށިގެން ވޭތުވެ ދިޔަ ފަސް އަހަރު ވެސް ރާއްޖެ ވަނީ އަހަރަކަށް ވުރެ އަހަރެއް ފަހަތަށް ސޮއްސާލާފައެވެ. ރިޕޯޓާސް ވިތު އައުޓް ބޯޑާސްގެ އިންޑެކްސްގައި މިއަހަރު ރާއްޖެ އޮތީ 120 ވަނާގައެވެ. އެއީ މިދިޔަ އަހަރަށް ވުރެ ތިން ދަރަޖަ ދަށެވެ. އެ އިންޑެކްސްގައި 2013 ވަނަ އަހަރު ރާއްޖެ އޮތީ 103 ވަނާގައެވެ. 2014 ވަނަ އަހަރު އޮތީ 108 ވަނާގައެވެ. 2015 ވަނަ އަހަރު އޮތީ 112 ވަނާގައެވެ. 2016 ވަނަ އަހަރު އޮތީ 112 ވަނާގައެވެ. 2017 ވަނަ އަހަރު އަނެއްކާ ވެސް ފަސް ދަރަޖަ ފަހަތަށް 117 ވަނަ އަށް ސޮއްސާލިއެވެ.

ރިޕޯޓަސް ވިތު އައުޓް ބޯޑަސްއިން ނެރެމުންދާ އިންޑެކްސްގައި ރާއްޖެ އަހަރަކަށް ވުރެ އަހަރެއް ފަހަތަށް ދަނީ ސަބަބެއް ނެތިއެއް ނޫނެވެ. ސަބަބުތައް އެބަ ހުއްޓެވެ. ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެއްލުމާއި އެ މައްސަލާގައި ދައުލަތުން އަމަލު ކުރަމުންދާ ގޮތާއި ނޫސްވެރިންނަށް ދެވޭ ހަމަލާތަކާއި އެ މައްސަލަތައް ކުރިއަށްދާ ގޮތާއި ނޫސްވެރި ކަމަށް އޮތް މާހައުލު ހަނިވަމުންދާ ދިއުމަކީ އޭގެ އަސްލެވެ.

ވީމީޑިއާގެ ސީއޯއޯ އަދި މީޑިއާ ކައުންސިލުގެ ކުރީގެ ރައީސް މުހައްމަދު އާސިފު(މޮންދު) ވިދާޅުވީ ނޫސްވެރިކަން ވަރަށް ބޮޑަށް ފަހަތަށް ޖެހިފައިވާ ކަމަށެވެ. "ނޫސްވެރިކަން ނެތެކޭ ނުދަންނަވާނަން. އެކަމަކު ނޫސްވެރިން ފަސް ޖެހޭ މިންވަރު އަޅުގަނޑު މަސައްކަތް ކުރާ ތަނުން ވެސް ފެނޭ. އަޅުގަނޑު ވެސް ހުދު ފަސް ޖެހޭ. ލައިވް ކުރަން ބަލާއިރު ދެވަނަ ފަހަރަށް އަޅުގަނޑު ވިސްނާލަން. ތިން ހަތަރު ފަހަރަށް ނޫސްވެރިން އައިސް އެބަ ސުވާލު ކުރޭ މިވެނި ގޮތަކަށް ލިޔަން. އެ ބިރުވެރިކަން އެހެންވީމަ އެބައޮތް،" އާސިފު ވިދާޅުވިއެވެ.

އާސިފު ވިދާޅުވީ ރާއްޖެ އެ ހާލަތަށް ދިއުމުގެ ސަބަބުތައް އެބަހުރި ކަމަށެވެ. އެ ކަމަކަށް އާސިފު ފާހަގަ ކުރެއްވީ ކަމާ ބެހޭ މުއައްސަސާތައް އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރުމުވެ. ދެވަނަ ކަމަކަށް މައުލޫމާތު ލިބިގަތުމުގައި ދަތިކަން ހުރިކަމަށް އާސިފު ފާހަގަ ކުރެއްވިއެވެ. އޭގެއިތުރުން ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކުން ކުރިމަތިވާ ހުރަސްތައް ވެސް ހިމެނޭ ކަމަށް އާސިފު ވިދާޅުވިއެވެ.

ރާއްޖެޓީވީގެ ސީއޯއޯ އަދި ނޫސްވެރިޔާ ހުސައިން ފިޔާޒު މޫސާ ސިފަ ކުރެއްވި ގޮތުގައި ވޭތުވެ ދިޔަ ތިން ވަރަކަށް އަހަރަކީ ރާއްޖޭގެ ނޫސްވެރިކަމުގައި އެންމެ ނާމާން އެއް ދުވަސްވަރެވެ. "މިނިވަން ހިޔާލު އުފަންވެގެން ނަޔާ ހިޔާލުގެ ޒަމާނަށްފަހު މިއަދާއި ހަމައަށް ވޭތުވެ ދިޔަ 75 ވަރަކަށް އަހަރު ތެރޭ އެކި ކަހަލަ ގޮންޖެހުންތައް އެބަހުރި. ހާއްސަކޮށް ޒަމާނީ ޑިމޮކްރަޓިކް ގާނޫނު އަސާސީއަށް ފަހު ދައުލަތުގެ ފަރާތުން އެންމެ ބޮޑު ގެއްލުންތަކެއްދީ ގޮންޖެހުންތައް ކުރިމަތި ކުރުވި އަހަރުތައް ތަޖުރިބާ ކުރަމުން މިދަނީ،" ފިޔާޒު ވިދާޅުވިއެވެ.

ފިޔާޒު ފާހަގަ ކުރެރއްވި ގޮތުގައި ހަވީރާއި ސިއެންއެމް ފަދަ ބައެއް ނޫސްތައް ދައުލަތުގެ ނުފޫޒު އޮތް ކަމަށް ތުހުމަތު ކުރެވޭ ގޮތަށް ބަންދުކޮށްފައިވާ އިރު ހުރިހާ ފިއްތުމަކާއި ގޮންޖެހުންތަކެއްގެ އަސްލަކީ ވެސް ނޫސްވެރިން ކުރާ ޖެހިލުން ކުޑަ މަސައްކަތްތަކާއި ހިތްވަރު ނެތި ކޮށްލާ ޒިންމާދާރު ކުރުވަން ކުރާ މަސައްކަތްތައް ހުއްޓުވާލުމެވެ.
ހިޔާލު

ނިރުބަވެރިން

މިހާރު ވާނެގޮތަކީ ނޫސްވެރިން ވެސް ބޯޑަރު ހުރަސް ކުރީމަ ފަނިވާނެ