India ge askaree ehee akah neydhen: Dunya
image
ދުންޔާ ރަސްމިއްޔާތެއްގައި: ފައިލް ފޮޓޯ
1 ކޮމެންޓް
 

އިންޑިއާގެ އަސްކަރީ އެހީއަކަށް ނޭދެން: ދުންޔާ

އިންޑިއާގެ އަސްކަރީ އެހީއަށް އެދިވަޑައިގެންފައި ނުވާނެކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވީ ރާއްޖޭގެ އަމާންކަމާއި ޑިމޮކްރަސީ ދެމެހެއްޓުމަށް އިންޑިއާގެ މައްޗަށް އޮތް ޒިންމާ އަދާކުރުމަށް އެގައުމު ނުކުޅެދިފައިވާ ކަމަށް ބުނެ ދުންޔާ ކުރެއްވި ޓުވީޓަކާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވިޓަކަށް ދެއްވި ޖަވާބުގައެވެ.
ދުންޔާގެ އެ ޓްވިޓާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވިޓެއްގައިވަނީ އިންޑިއާގެ އަސްކަރިއްޔާގެ އެހީއަށް ދުންޔާ އެދިވަޑައިގެންނެވުމުން އުފާކުރައްވާކަމުގައެވެ. އަދި އެއީ އެމަނިކުފާނުގެވެސް ވިސްނުންފުޅުކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މި ޓްވިޓާއި ގުޅިގެން ދުންޔާ މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އިންޑިއާގެ އަސްކަރީ އެހީއަށް އެދިވަޑައިނުގަންނަވާ ކަމުގައެވެ.
ދުންޔާ ވިދާޅުވީ އެކަމަނާ އެދިވަޑައިގަންނަވަނީ އިންޑިއާކަނޑުގެ މަސްލަހަތާއި ރާއްޖޭގެ އިސްތިޤްލާލާއި މިނިވަންކަން ނުގެއްލޭ ގޮތަށް އިންޑިއާގެ އެހީތެރިކަން ކަމުގައެވެ. އަދި އެކަމަށް ރައީސް ނަޝީދުވެސް އެއްބަސްވެވަޑައިގަންނަވާނެކަމަށް ގަބޫލުކުރައްވާކަމަށް ދުންޔާ ވިދާޅުވިއެވެ.
ހިޔާލު

ހުއްބުލްވަތަން

ޝަރުއީދާއިރާގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ކަމަނާ ދައްކަވަމުން ގެންދެވި ނަމަވެސް ބައްޕާފުޅު ހުރަގެއަށް ލެވުމާހަމައަށް. އިންސާނުންނަކީ ވަރަށްވެސް ތަފާތުބައެއް. އޭރުވިދާޅުވީ ދިވެހިންގެ ކަންކަން ނިންމާނީ އަދި ނިންމުމުގެ ޤާބިލުކަންހުންނާނީ ދިވެހިންނޭ. ނަމަވެސް މިހާރު ހާލަތު ބަދަލުވުމުން ވިދާޅުވި ލަވަވެސް ބަދަލުވެއްޖެ.