Raees Yaminah Siyaasee Gellun Nuvaa Gothah Raees Maumoonah Dhoodhevveyne: Raees Nasheed
image
ރައީސް މައުމޫނާއި ރައީސް ނަޝީދު---
1 ކޮމެންޓް
 

"ރައީސް ޔާމީނަށް ސިޔާސީ ގެއްލުން ނުވާ ގޮތަށް ރައީސް މައުމޫނަށް ދޫދެއްވޭނެ"

ރައީސް އަބްދުﷲ ޔާމީނަށް ސިޔާސީ ގޮތުން ގެއްލުން ނުވާ ގޮތަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ދޫދެއްވޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. Dhiraagu
ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްްގައެވެ. އެ ޓްވީޓުގައި ރައީސް ނަޝީދު ވަނީ ވަރަށް ރައީސް މައުމޫނާ މެދު އަމަލު ކުރައްްވަމުން އެ ގެންދަވަނީ ޒަމާނުއްސުރެ ރާއްޖޭގެ ވެރިން ކަން ކުރައްވާފައިވާ ގޮތާ ވަރަށް ދުރުން ކަމަށް އިހުލާސްތެރިކަމާއެކު ދަންނަވާ ކަމަށެވެ.

ފެބުރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރެއިން ފެށިގެން ރައީސް މައުމޫން ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައިވާ އިރު އެމަނިކުފާނުގެ ހާލުކޮޅު ވަރަށް ގޯސްވެފައިވާ ކަމަށް ބުނެ އާއިލާއިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އާއިލާއާއި ވަކީލުން ދަނީ އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އެދެމުންނެވެ.

އާއިލާއިން ބުނެފައިވާ ގޮތުގައި އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންފައިވާ މައްސަލައަކީ ބެނިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓީގޯ(ބީޕީޕީވީ) ނަމަކަށް ކިޔާ ހާލަތެކެވެ.

އެ ހާލަތު މެދުވެރިވަނީ އުމުރުން ދުވަސްވުމުގެ ސަބަބުންނާއި ބޮލަށް ލިބޭ ގެއްލުމެއްގެ ސަބަބުންނެވެ. ބީޕީޕީވީއަކީ ކަންފަތުގެ އެތެރެއަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކުރިމަތިވާ ހާލަތެކެވެ.

އެ ހާލަތު ކުރިމަތިވުމުން ބޮލަށް ގެންނަ ހަރަކާތެއްގެ ސަބަބުން ބެލެންސުން ނެއްޓި މީހާ ވެއްޓޭ ގޮތް މެދުވެރިވެދާނެއެވެ. އަދި އެ ހާލަތު ކުރިމަތިވާ މީހާއަށް އޭނާގެ ވަށައިގެން ހުންނަ އެއްޗެހި އެބުރޭހެން ހީވެދާނެއެވެ. އޭގެއިތުރުން ސްޓްރޯކް ޖެހުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވެދާނެއެވެ.
ހިޔާލު

މަލަކުރި

ރައީސް މައުމޫން އާއި ރައީސް ނަޝީދު އަށް ޢިއްޒަތް ދީފައި ބައިތިބަން ފެނޭ