11 Firin Gengulhunu Anhenaku Rajamkohfi
image
އަލް-ޝަބާބްގެ ހަނގުރާމަވެރިންތަކެއް
1 ކޮމެންޓް
 

"11 ފިރިން" ގެންގުޅުނު އަންހެނަކު ރަޖަމްކޮށްފި

ސޯމާލިއާގައި އަންހެނަކު، 11 ފިރިހެނުންނާއި ކައިވެނިކޮށްގެން އުޅޭކަން ސާބިތުވުމުން ރަޖަމްކޮށްފިއެވެ.
އެ އަންހެން މީހާ، 11 ފިރިހެނުންނާއި ކައިވެނިކޮށްގެން އުޅޭކަން ސާބިތުކޮށްފައިވަނީ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އަލް-ޝަބާބް އިން ހިންގާ ކޯޓަކުންނެވެ.

އަލް-ޝަބާބް އިން ހާމަކުރި ގޮތުގައި އެ އަންހެން މީހާ، ކައިވެންޏެއްގައި ހުރެ ވަނީ ޖުމްލަ 11 ފިރިހެނުންނާއި ކައިވެނިކޮށްފައެވެ. އެ މައްސަލައިގައި އެ އަންހެން މީހާ އާއި އޭނާގެ ފުރަތަމަ ފިރިމީހާ އާއި ބާކީ ތިބި ފިރިން ކޯޓަށް ހާޒިރު ކުރެވުނު ކަމަށާއި އެ ހުރިހާ ފިރިހެނުންވެސް، އެ އަންހެން މީހާއަކީ އެމީހުންގެ އަނބިމީހާ ކަމަށް ކޯޓުގައި ބުނެފައިވާ ކަމަށް އަލް-ޝަބާބް އިން ބުނެއެވެ.

އެ އަންހެންމީހާ ކަރާއި ހަމައަށް ވަޅުލުމަށްފަހު ރަޖަމްކޮށްފައިވަނީ ސޯމާލިއާގެ ދެކުނުގައިވާ ޝަބްލާލެ އަވަށުގައެވެ. އަލް-ޝަބާބަކީ ސޯމާލިއާގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލް ކުރަމުންދާ ޖަމާއަތެކެވެ.
އެފްރިކާ ސޯމާލިއާ
ހިޔާލު

ސައިނީ

12 ހަމަކޮށްލަންދެން މަޑުކޮށްލިނަމަ ދޯ ދިވެހިންގެ މީހުކު ނަމަވެސް ވީސް