Vahkamuge Massalakaa Gulhigen Meehaku Hoadhan Video Aamukoffi
image
ފުލުހުން ހޯދަމުންދާ މީހާ ފޮޓޯ:---
1 ކޮމެންޓް
 

ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ވީޑިއޯ އާއްމުކޮށްފި

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއްގެ ވީޑިއޯ އާއްމުކޮށްފި އެވެ. kobadoctor
މިމީހާ ހޯދުމަށް މިއަދު އާއްމު ކުރި ވީޑިއޯއިން ފެންނަ ގޮތުގައި ރަތް ކުލައިގެ ޓީޝާޓާއި ކަޅުކުލައިގެ ސޯޓެއް ލައިގެން ހުރި އެފިރިހެން މީހާ ވަނީ މަޖީދީމަގުގެ އާޓިފިޝަލް ބީޗާވީ ކޮޅުގެ ޕޭވްމަންޓު މަތީގައި ބާއްވަފައި އޮތް ކަޅުކުލައިގެ ދަބަހެއް ގެންގޮސްފައެވެ.ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ވައްކަމުގެ މައްސަލައަކާ ގުޅިގެން އެއިދާރާއިން ހިންގަމުންދާ ތަހުގީގަކަށް ކަމަށެވެ.

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
ހިޔާލު

ގުއިއްޒު

ތީގެއްލިގެން އުޅުނު ކަޅު ދަބަސް އުތަ؟