Kudakudhin ge dhuvahuge dhiraagu hadhiyaa: Kudakudhin ge thalassemia ward eh
image
ކުޑަކުދިންގެ ދުވަހުގެ ދިރާގު ހަދިޔާ: ކުޑަކުދިންގެ ތެލެސީމިޔާ ވޯޑެއް
0 ކޮމެންޓް
 

ކުޑަކުދިންގެ ދުވަހުގެ ދިރާގު ހަދިޔާ: ކުޑަކުދިންގެ ތެލެސީމިޔާ ވޯޑެއް

ދިރާގުން ކުޑަކުދިންގެ ދުވަހާއި ގުޅިގެން ދިރާގުން ލާމު ގަން ރީޖަނަލް ހޮސްޕިޓަލަށް ދޭ ހާއްސަ ހަދިޔާގެ ގޮތުގައި އެ ހޮސްޕިޓަލަށް ކުޑަކުދިންގެ ތެލެސީމިޔާ ވޯޑެއް ގާއިމުކުރުމަށް އެހީތެރިކަން ދިރާގުން ފޯރުކޮށްދީފިއެވެ.
ދިރާގުން ބުނީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ލ ގަން ރީޖަނަލް ހޮސްޕިޓަލުގައި ކުޑަކުދިންގެ ތެލެސީމިއާ ވޯޑެއް ގާއިމު ކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު މި ވޯޑް ގާއިމު ކޮށްދިނުމުގެ ގޮތުން ވޯޑަށް ބޭނުންވާ ބައެއް މުހިންމު މެޑިކަލް އިކުއިޕްމަންޓާއި އާލާތްތައް ވަނީ ހަދިޔާ ކޮށްފަ ކަމުގައެވެ.

މި އެހީތެރިކަން ލާމު ގަން ރީޖަނަލް ހޮސްޕިޓަލް ޑައިރެކްޓަރ އަބްދުލް ހަންނާން އާއި ހަވާލު ކޮށްދެއްވީ ދިރާގުގެ ފަރާތުން ދިރާގު ލާމު އަތޮޅު ރީޖަނަލް އޮޕަރޭޝަން ސެންޓަރ ގެ މެނޭޖަރ އަހުމަދު އަލީކަމަށް ދިރާގުން ބުނެއެވެ.

ދިރާގުންބުނީ މިއީ ކުޑަކުދިން ހިމާޔަތްކުރުމާއި އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއަކަށްވެފައި މިކަމަކީ މި ޒިންމާގެ ދަށުން ކުރެވިގެންދިޔަ އެހީތެރިކަމެއް ކަމުގައެވެ.

ދިރާގުން ވަނީ އެކި ގޮތްގޮތަށް ކުޑަކުދިން ހިމާޔަތް ކުރުމާއި ކުޑަކުދިންގެ ތައުލީމާއި ތަރައްގީއަށް މަސައްކަތްކުރާ އެކި ޕްރޮގްރާމް ތަކަށް އެހީތެރިކަން ފޯރުކޮށްދީފަކަމަށާއި މިގޮތުން ސްލޫކް ތަކުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާސްތަކަށް އެހީފޯރުކޮށްދިނުން އަދި މޯލްޑިވްސް އޯޓިސަމް އެސޯސިއޭޝަން، ކެއަރ ސޮސައިޓީ، އާކް، ފަދަ ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ތަފާތު ޖަމިއްޔާ ތަކާއި އެކު މަސައްކަތްކުރާކަމުގައެވެ.

ކޮންމެ އަހަރަކު ދިރާގުން ބާއްވަމުން އަންނަ ދިރާގު ސްޕެޝަލް ސްޕޯރޓްސް ފެސްޓިވަލަކީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކުރެވިގެން ބޭއްވޭ އެފަދަ އެންމެ ބޮޑު ހަރަކާތްކަމަށްވެސް ދިރާގުން ބުނެއެވެ.
-


ދިރާގު އެހީ
ހިޔާލު