Insaanehge Hayaathugai Kandahthukuraa Konme Maruhalaaehgai Naruhehge Baiverivunvey
image
ނަރުހަކު ބަލިމީހަކަށް ފަރުވާ ދެނީ-- ފޮޓޯ: ދުވަސްއެމްވީ
0 ކޮމެންޓް
 

"އިންސާނެއްގެ ހަޔާތުގެ ހުރިހާ މަރުހަލާއެއްގައި ނަރުހެއްގެ ބައިވެރިވުންވޭ"

އިންސާނެއްގެ ހަޔާތުގައި ކަނޑައްތު ކުރާ އުފާވެރި ވަގުތާއި ހިތާވެރި ވަގުތުތައް ފަދަ ކޮންމެ މަރުހަލާއެއްގައި ވެސް ނަރުހުންގެ ބައިވެރިވުންވާ ކަމަށް މޯލްޑިވްސް ނާސީން އެންޑް މިޑްވައިފްރީ ކައުންސިލުން ބުނެފިއެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 12 ވަނަ ދުވަސް ބައިނަލް އަގްވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނައިރު އެދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނާސީން އެންޑް މިޑްވައިފްރީ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ބުނީ ގައުމުގެ އެތެރޭގައި ހިނގާ މައްސަލަތަކުގައި އަނިޔާލިބެމުންދާ އެކިއުމުރުގެ މީހުންނަށް ލިބެމުންދާ ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކަށް ހޭހަން ކުރުމުގައި އަވަތިނެތި މަސައްކަތް ކުރަމުންދާ ބަޔަކީ ނަރުހުން ކަމަށެވެ. އަދި އެއްވެސް ފަސްޖެހުމެއް ނެތި ހިތްވަރާއެކު ނަރުހުން ހިދުމަތް ދެމުން ގެންދަނީ ނަސްލީ އިމްތިޔާޒުން އެއްފަރާތްވެ ތިބެގެން ކަމަށް އެކައުންސިލުގެ ބަޔާނުގައި ފާހަގަ ކުރެއެވެ.

ބައިނަލްއަގްވާމީ ނަރުހުންގެ ޖަމިއްޔާއިން މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ނަރުހުން: ދުޅަހެޔޮ ސިއްހަތަކީ އިންސާނީ ހައްގެއްކަމަށް އިސްވެ އަޑުއުފުލާ" އެވެ. މިއަހަރުގެ ޝިއާރާއި އެއްގޮތަށް ދުޅަހެޔޮ ސިއްހަތަކީ އިންސާނީ ހައްގަކަށް ހެދުމަށް އެންމެ ގަދަޔަށް އަޑުއުފުލާ އެއްބަޔަކީ ނަރުހުންކަމަށް ވާންޖެހޭކަމަށް މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލުން ބުނެއެވެ.

އިންސާނީ ހައްގާއި ސިއްހީ ދުޅަހެޔޮކަމަކީ އެކުވެ ލާމެހިފައިވާ ކަމަށާއި އިންސާނުންގެ ދިރިއުޅުން ބިނާވެފައިވަނީ އެމީހަކަށް ލިބިފައިވާ ދުޅަހެޔޮ ސިއްހަތެއްގެ މައްޗަށްކަން ފާހަގަކޮށް އެކައުންސިލުގެ ނޫސްބަޔާނުގައި ބުނީ، ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވުމަށްޓަކައި ފަރުދެއްގެ ހައިސިއްޔަތުން ކުރެވިދާނެ ކަންތައްތަކުގެ އިރުޝާދު ދޭ އެއް ބަޔަކީ ނަރުހުންކަމަށެވެ.

ސިއްހީ ގޮތުން ދިމާވާ ގިނަގުނަ މައްސަލަތަކަށް ހައްލެއް ހޯދުމަށް ގިނަގުނަ ގޮންޖެހުންތަކެއް ހުރިއިރު ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދިމާވާ ބަލިމަޑުކަން އިންތިހާއަށް އިތުރުވަމުން އަންނަ ކަމަށް އެކައުންސިލުން ބުނެއެވެ.

ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގައި ނަރުހުންގެ ބައިވެރިކަން އޮތުމަކީ މުހިއްމުކަމެއްކަން ފާހަގަކޮށް އެކައުންސިލުގެ ނޫސް ބަޔާނުގައި ބުނީ ނަރުހުންގެ އުއްމީދަކީ އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ފުދުންތެރި މުޖުތަމައެއް ބިނާ ކުރުން ކަމަށެވެ.

މިއަދު މުޅި ދުނިޔެ ފާހަގަ ކުރަމުންދާ ނަރުހުންގެ ދުވަސް ނިސްބަތްވަނީ ފުލްރެންސް ނައުޓިން ގޭލްއަށެވެ. ނަރުހެއްގެ ގޮތުގައި މަސައްކަތްކުރި ނައިޓިންގޭލް ވަނީ ނަސްލީ ތަފާތުކުރުމެއް ނެތި ހަނގުރާމަތަކުގައި ޒަހަމްވި ސިފައިންނާއި އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ދުޔަހެޔޮ ސިއްހަތަކީ އިންސާނީ ހައްގެއް ކަމަށް ނައިޓިންގޭލް އަޑުއުފުލާފައިވާއިރު ދުނިޔެއަށް އާއްމުވެފައިވާ މޮޑާން ނާސިންގް ގެ އަސްލަކީ ވެސް ނައިޓިންގޭލްއެވެ. ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކުރުމަށްޓަކައި ބޭނުންވާ ތައުލީމާއި ތަމްރީނު ލިބިދިނުމަކީ މުހިއްމު ކަމެއް ކަމަށް ދެކި އެކަމަށް ގިނަ މަސައްކަތްތަކެއް ވެސް އޭނާ ވަނީ ކޮށްދެއްވާފައެވެ.
ހިޔާލު