IGMH ge Naruhunge Uniform ah Badhalugenesfi
image
އައިޖީއެމްއެޗްގައި ނަރުހުންނަށް އަލަށް ތައާރަފުކުރި ޔުނިފޯމް-- ފޮޓޯ: އައިޖީއެމްއެޗް
4 ކޮމެންޓް
 

އައިޖީއެމްއެޗްގެ ނަރުހުންގެ ޔުނީފޯމަށް ބަދަލު ގެނެސްފި

ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރަމުން އަންނަ ނަރުހުންގެ ދުވަހާއި ގުޅުވައިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނަރުހުންގެ ޔުނީފޯމް ބަދަލުކޮށްފިއެވެ.
އައިޖީއެމްއެޗްގެ ނަރުހުން މިއަދު ވަޒީފާއަށް ނުކުމެފައިވަނީ ވިލު ނޫކުލައިގެ މާތަކެއް ޖަހާފައިވާ ޔުނީފޯމެއްގައެވެ.

އެހޮސްޕިޓަލުގައި މަސައްކަތްކުރާ ހުރިހާ ނަރުހުންވެސް އެޔުނީފޯމުގައި މިއަދު ފެށިގެން މަސައްކަތްކުރަން ހަމަޖެހިފައިވާއިރު އެޔުނީފޯމް ބޭނުންކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ހޮސްޕިޓަލުގެ އެތެރޭގައެވެ.

ނަރުހުންގެ ޔުނީފޯމަށް ބަދަލުގެނެސްފައި މިވަނީ ސާފުކަންމަތީ ތިބެ ބަލި މީހުންނަށް ހިދުމަތް ދިނުމުގެ ގޮތުންނެވެ. އެޔުނީފޯމުގައި ހުރެ ހޮސްޕިޓަލުން ބޭރަށް ނުކުތުން ވަނީ މަނާކޮށްފައެވެ.

އައިޖީއެމްއެޗްގެ ނަރުހުން މީގެކުރިން ލަމުން އައިސްފައިވަނީ މަޑު ނޫކުލައިގެ ޔުނީފޯމެކެވެ. މިއީ އެހޮސްޕިޓަލުގައި ނަރުހުންގެ ޔުނީފޯމަށް ބަދަލުގެނައި ދެވަނަ ފަހަރެވެ.
ހިޔާލު

މާހެފުން

ފިރިހެނުން އަންހެން ހެދުން އެޅުމާއި އަންހެނުން ފިރިހެނުންގެ ހެދުން އެޅުމަކީ ދީނުގައި ނަހީކޮށްފައިވާ މަނާކަމެއް ނުންތޯ؟

ސައްޕޭ

ހެދުން ބަދަލު ނުކޮށް، ބުރި ބުރިބުރިއަށް އިމާރާތްނަހަދާ 6 މަސް 7 މަސްވަންދެން ކިއުގައި ނުޖެހި ޑޮކުޓަރަށް ދެއްކޭނެގޮތް ހެދިއްޔާ މާރީތި ވާނެ.

ިމުހަންމަދު

މި ހެދުން ހީވަނީ ޑާންސް ގްރޫޕެއްގެ ހެދުމެއްހެން. ކަމެއް ކުރާއިރު ހަރުދަނާ ކޮށް ކަންތައްކުރުން ވަރަށް މުހިންމު

ކާލި

ތި ހެދުން އެހާ ރީއްޗެއް ނޫން!