Umar Mifaharu Dhigu Kuranee Hudhu Valeh Noon, Hudhu Ingilaabeh!
image
8 ކޮމެންޓް
 

މިފަހަރު ހުދު ވަލެއް ނޫން' އުމަރު ބޭނުމީ ހުދު އިންގިލާބެއް!

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު މިފަހަރު ގެންނަން ބޭނުންވަނީ ހުދު އިންގިލާބެއް ކަމަށް ވިދާޅުވެއްޖެއެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އުމަރު ކެމްޕޭން ކުރިއަށް ގެންދިޔައީ އޭނާ ރައްޔިތުންނަށް ދިއްކޮށްލި ހުދު ވަލާއެކުއެވެ. އުމަރު އޭރު ހުދުވާގަނޑު ބޭނުން ކޮށްފައިވަނީ ފަސްބައިގައި ކޮރަޕްޝަނާ ހިޔާނާތް ނެތް، އެފަދަ ސަރުކާރަކަށް މަގުފަހި ކުރެވޭނީ އެވަލުގައި ހިފައިގެން ކަން ދެއްކުމަށެވެ.

އުމަރަށް ތާއީދު ކުރާ ފަރާތްތަކުން ރޭ ބޭއްވި މާހެފުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެންމެ ފުރަތަމަ ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި އުމަރު ވިދާޅުވީ 2013 ވަނަ އަހަރު އޭނާ ދިގު ކުރެއްވީ ހުދު ވަލެއް ކަމަށެވެ. އުމަރު ވިދާޅުވީ މި ދަނޑިވަލަކީ ވޯޓު ގަނޑު ބޭނުންކޮށްގެން ރާއްޖެއަށް ހުދު އިންގިލާބެއް ގެންނަން ޖެހޭ ވަގުތެއް ކަމަށެވެ.

އެ އިންގިލާބަކީ ތެދުވެރިކަމާ އަމާނާތްތެރިކަމާއި އަދުލުވެރިކަމާ މުރާލި ކަމުގެ އިންގިލާބެއް ކަމަށް އުމަރު ވިދާޅުވިއެވެ. އެ އިންގިލާބަކީ މުޅި ދައުލަތަށާއި މީހުންގެ ސިކުނޑިތަކަށް ގެންނަން ޖެހޭ އިންގިލާބެއް ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ރަސްމީ މަސައްކަތް ފަށާނީ ހެނދުނު 6:30 ކަމަށެވެ. އަދި ހަތަރެއް ޖަހަންދެން މަސައްކަތް ކުރާނެ ކަމަށާއި ވެރިކަމުގެ ފަސް އަހަރުން ހަތް އަހަރުގެ މަސައްކަތް ކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ހަމަހަމަ އިގްތިސާދަކަށް ފަހިކޮށްދޭނެ ކަމަށް ވިދާލުވެ އުމަރު ވިދާޅުވީ "ހުދު އިންގިލާބާ" ނުލައި މިހާރު ކުރިއަށް ދެވެން ނެތް ކަމަށެވެ. ރޯދަ މަސް ނިމޭ އިރު ކެމްޕޭން މަސައްކަތް ބާރު ކުރައްވާނެ ކަމަށާއި އެހާތަނަށް އިތުރު 3000 މީހުންގެ އެހީތެރިކަން ކެމްޕޭނަށް ބޭނުންވާ ކަމަށް އުމަރު ވިދާޅުވިއެވެ.
ހިޔާލު

ފަސީ

އޭ އުމަރާ. އެހާ ގިނައިރު މަސައްކަތްކުރީމަ ކިހާވަރެއް މުސާރަ ދޭނަންތަ؟ އަލާކެނޑޭވަރުގެ މުސާރައެއް ދެންޏާ ކޮށްފާނަން

އަހުމަދު

ހަރުގަނޑުން ކެމްޕޭންފެށުމާއި އެކު ނުވެއްޓިއްޖެނަމަ ރަގަޅު ... އެކަމަކު ކިއީވެސް ހުދުހުދެއްނޫން

ހަބޭސް222

ރައްޔިތުންގެ ތާޢީދު ނެތަސް މީނަ ވެރިކަމަށް .........! ވަރަށް ގޮތް ދޫނުކުރާ މީހެއްދޯ މީ... ކިހިނެއް މީނަ ވެރިކަން ކުރާނީ...!

މީހާ

މިމޮޔަ ކަލޭގެ ދައްކާވާހަކަ ނޫސްތަކުގަ ލިޔަނީ ކީއްކުރަންތަ

އަސްލުހާލަތު

އުމަރު ހަނދާން ނައްތާލާ ގަޑިއަށް ބަދަލު ގެނެސްގެން ސަރުކާތުގަ މިތިބަ 50000 މުވައްޒަފުންގެ 2 ޕަސެންޓް ވެސް ވޯޓު ނުދޭނެ ކަލެއަށް.. އެހެނެއް ނޫން އިތުރު މަސައްކަތެއް ކުރަން ނުޖެގޭ ވަރަށް މުސާރަ ބޮޑުކޮށްފަ ކުލި ހެޔޮކޮށްފަ އޯކޭ ގަޑި ދިގުކުރިޔަސް.

ސާބި

މަރުހަބާ އުމަރު ނަސީރު، 2018 ކަށަވަރު އިންޝާﷲ

ހަރީރާ

ޤާނޫނާ ޚިލާފު ފުރަތހަމަވެސް 7 ގަނޑި އިރަށްވުރެ ގިނައިން މަސައްކަތެއ ނުކުރެވޭނެ ފުރަތަމަވެސް ފެއިލްވީ ހުދު އިންގިލާބެއް ގެނެވޭނީ ކިހިނެތް މިނިވަން 50 ގެ ކޮރޮޕްޝަން މާލިއްޔަތު ޤަވާޢިދާ ޚިލާފަށް ސޯއިކޮށްގެން ހުރިހާ މަސައްކަތެއް ބޭނުން ބަޔަކަށްދިނީ ތި އުމަރު ޒިންމާދާރުވެރިޔާ ހުއްޓަ އޭނައާނުބައްސާ

ކާފަ

މިނިވަން 50 ގެ 286 މިލިއަން ރުފިޔާއަށް ހެދިގޮތް ތަފްސީލް އެނގުނީމަ ހިލޭ އުޅެވޭނީ.