Malaysiagai GST Uvaalai, Theluge Subsidy Alun Dhenee
image
މެލޭޝިޔާއިން އެކުލަވާލާފައިވާ ފަސް މެންބަރުންގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން---
1 ކޮމެންޓް
 

މެލޭޝިޔާގައި ޖީއެސްޓީ އުވާލައި، ތެލުގެ ސަބްސިޑީޒް އަލުން ދެނީ

އާ ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ޖީއެސްޓީ އުވާލައި ތެލުގެ ސަބްސިޑީޒް އަލުން ދޭން ފެށުމުގެ މަސައްކަތް މެލޭޝިޔާއިން ފަށައިފިއެވެ.
މެލޭޝިޔާ ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ފަސް މެންބަރުން ހިމެނޭ ޓީމުން އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު އެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަބްދުލް ދާއިމް ޒައިނުއްދީން ވިދާޅުވީ އިގްތިސާދަށް އޮތް ކަންބޮޑުވުމަކީ ޖީއެސްޓީ އުވާލުމާއި ތެލުން ސަބްސިޑީ ދޭން ފެށުމުން ލޮޅުމެއް އައިސްދާނެތީ ކަމަށެވެ. ނަމަވެސް އެފަދަ އަސަރުތައް ވީހާ ވެސް ކުޑަ ވާނެ ގޮތަކަށް ބަލާނެ ކަމަށް މުއީނުއްދީން ވިދާޅުވިއެވެ. އަދި އިގްތިސާދަށް އެކަމުގެ ސަބަބުން އަސަރެއް ނުކުރާނެ ކަމަށް ވެސް މުއީނުއްދީން ވިދާޅުވެފައިވެއެވެ.

ފަސް މެންބަރުންގެ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާ މުއީނުއްދީނަކީ ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކޮށްފައިވާ ބޭފުޅެކެވެ. ކޮމިޓީގައި ދެން ތިއްބަވަނީ ބިލިއަނަރު ރޮބާޓް ކުކްއާއި ޕްރޮފެސަރު ޖޮމޮ ކުއާމޭ ސުންދަރަމްއާއި، ބޭންކް ނެގާރާގެ ކުރީގެ ގަވަރުނަރު އަހުތަރު އަޒީޒާއި، ޕެޓްރޮނަސްގެ ކުރީގެ ރައީސް އަދި ސީއީއޯ ހަސަން މުރިކަންއެވެ.

ޖީއެސްޓީ ނަގަން ފެށުމަކީ ނަޖީބު ރައްޒާގުގެ ސަރުކާރާ މެދު މެލޭޝިޔާގެ ރައްޔިތުން ނަފުރަތު ކުރަން ފެށި އެއް ސަބަބުވެސް މެއެވެ.


ހިޔާލު

މަހާތީރު

މެލޭޝިޔާ އަކީ 1-28 ޕަސެންޓާއި ދޭތެރޭގައި އިންކަމް ޓެކްސް ނޭގޭ ގައުމެއް. ޖީއެސްޓީ ނުނެގި ކަމުގައި ވިޔަސް ވާވަރަށް އާމްދަނީ ލިބޭނެ