Premier League Golden Boot Salah Ah
image
1 ކޮމެންޓް
 

ޕްރިމިއާ ލީގު ރަން ބޫޓު ސަލާއަށް

މި ސީޒަނުގެ ޕްރިމިއާ ލީގު ރަން ބޫޓު އެވާޑު ލިވަޕޫލުގެ މުހައްމަދު ސަލާ ކާމިޔާބު ކޮށްފި އެވެ. kobadoctor
ކޮންމެ ސީޒަނެއްގެ ވެސް އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށްދޭ މި އެވާޑު ލިވަޕޫލުގެ މުހައްމަދު ސަލާ ކާމިޔާބު ކުރީ މި ސީޒަނުގައި 32 ލަނޑު އެޓީމަށް ކާމިޔާބުކޮށްގެންނެވެ. މި އެވޯޑަށް އޭނާއާ އެންމެ ގާތުން ވާދަކުރި ޓޮޓެންހަމްގެ ހެރީ ކޭންއަށް ކާމިޔާބު ކުރެވުނީ 30 ލަނޑެވެ. އަދި ލަނޑު ލިސްޓުގެ ތިން ވަނާގައި އޮތް އަގުއޭރޯއަށް 21 ލަނޑެވެ.

ރޭ ޕްރިމިއާ ލީގު 2017/18 ސީޒަނަށް ނިމުމަކަށް އައިރު ސީޒަނުގެ ފަހު މެޗުގައި ލިވަޕޫލް ބައްދަލު ކުރީ ބްރައިޓަންއާ އެވެ. މި މެޗުގައި މުހައްމަދު ސަލާގެ އިތުރު ސޮލަންކޭއާއި ލޮބަޓްސަންގެ އިތުރުން ލޮވްރެން ވަނީ ލަނޑު ޖަހާފައެވެ.

މި ސީޒަނުގެ ރަން ބޫޓުގެ އިތުރުން މުހައްމަދު ސަލާ ވަނީ 4 ފަހަރު ޕްލެއާ އޮފް ދި މަންތު އެވާޑާއި ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވާޑު ވެސް ހޯދާފައެވެ. މިދިޔަ ޓްރާންސްފާގައި ރޯމާ ދޫކޮށް ލިވަޕޫލާ ގުޅުނު އިޖިޕްޓުގެ މުހައްމަދު ސަލާ ވަނީ މި ސީޒަނުގައި ވިދާލާފައެވެ.
ހިޔާލު

އަހުމަދު

މަރުހަބާ ...