Juventus In Jehijehigen 7 Vana Faharah League Kamiyabukoffi
image
0 ކޮމެންޓް
 

ޔުވެންޓަސްއިން ޖެހިޖެހިގެން 7 ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފި

ރޭ ރޯމާ އަތުން ހޯދި ޕޮއިންޓާއެކު ޔުވެންޓަސް ޖެހިޖެހިގެން 7 ވަނަ ފަހަރަށް އިޓަލީ ލީގު ކާމިޔާބު ކޮށްފި އެވެ.
އިޓަލީ ލީގު ރޯމާއާ ޔުވެންޓަސް ބައްދަލު ކުރި މެޗު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ. މި ދެޓީމަށް ވެސް ލީގުގައި އަދި މެޗެއް ބާކީ އެބައޮތެވެ.

ރޭގެ މެޗު އެއްވަރުވި ކަމުގައި ވިޔަސް ޔުވެންޓަސްއިން ވަނީ ބޮޑު ތަފާތަކުން ތާވަލުގެ އެއް ވަނާގައި ލީޑު ނަގާ، ލީގު ކާމިޔާބު ކޮށްފައެވެ. 37 މެޗުން 92 ޕޮއިންޓު ހޯދާ ޔުވެންޓަސްއިން ލީގު ކާޔާބުކުރިއިރު ދެވަނާގައި އޮތް ނަޕޯލީއަށް ލިބިފައިވަނީ 88 ޕޮއިންޓެވެ. އަދި ތިން ވަނާގައި 74 ޕޮއިންޓު ލިބިފައިވާއިރު 4 ވަނާގައި އޮތް ލާޒިއޯއަށް ލިބުނީ 72 ޕޮއިންޓެވެ.

ޔުވެންޓަސްއިން ލީގު ކާމިޔާބު ކުރިއިރު އެޓީމުން ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެޓީމު ވަނީ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ. ސެމީގެ ފަހު ލެގުގައި ފޯރިގަދަ މެޗަކަށްފަހު ރިއާލް މެޑްރިޑުން ޔުވެންޓަސް މުބާރާތުން ކަޓުވާލީ އެންމެ ގޯލެއްގެ ތަފާތުންނެވެ.
ހިޔާލު