City Ah 100 Point, Top Four Ge Fahu Jaaga Liverpool Ah
image
0 ކޮމެންޓް
 

ސިޓީއަށް 100 ޕޮއިންޓު، ގަދަ ހަތަރެއްގެ ފަހު ޖާގަ ލިވަޕޫލަށް

38 މެޗުން 100 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ ސީޒަން ނިންމާލައިރު ގަދަ ހަތަރެއްގެ ފަހު ޖާގަ ލިވަޕޫލަށް ލިބިއްޖެ އެވެ. muni
ޕްރިމިއާ ލީގުގެ 2017/18 ސީޒަން ރޭ ނިމުމަކަށް އައިރު މި ސީޒަނުގެ ޗެމްޕިއަން ޓީމު، މެންޗެސްޓާ ސިޓީން ވަނީ 100 ޕޮއިންޓޫ ހަމަކޮށްފައެވެ. މިއީ ޕްރިމިއާ ލީގު ރެކޯޑެކެވެ. އެޓީމުން ވަނީ 5 މެޗު ބާކީ އޮތްވާ ލީގު ކަށަވަރު ކޮށްފައެވެ.

ޕްރިމިއާ ލީގު ތާވަލުގެ ދެވަނަ މަގާމު ހޯދީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުންނެވެ. މޮރީނިއޯގެ އިރުޝާދުގެ ދަށުން ދެވަނަ ސީޒަނުގައި ޔުނައިޓެޑުން ވަނީ މިދިޔަ ސީޒަނާ އަޅާބަލާއިރު ރަނގަޅު ކުރިއެރުމަށް ހޯދާފައެވެ. އެގޮތުން އެޓީމުން ވަނީ ކުޅުނު 38 މެޗުން 81 ޕޮއިންޓު ހޯދާފައެވެ.

ތާވަލުގެ ތިން ވަނާގައި އޮތީ ޓޮޓެންހަމެވެ. ޓޮޓެންހަމަށް 38 މެޗުން 77 ޕޮއިންޓު ލިބިފައިވާއިރު ގަދަ ހަތަރެއްގެ ފަހު ޖާގަ ލިބުނު ލިވަޕޫލަށް ވަނީ 75 ޕޮއިންޓު ލިބިފައެވެ. ޕްރިމިއާ ލީގު ގަދަ ތިން ޓީމަށް ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުވާއިރު ގަދަ ވަނަ ޓީމަށް ޗެމްޕިއަންސް ލީގު ޕްލޭ-އޮފްއިން ޖާގައެއް ލިބޭނެއެވެ.

މިފަހަރު ޕްރިމިއާ ލީގު ރެލެގޭޓުވި ތިން ޓީމަކީ ސްވަންސީ ސިޓީއާއި ސްކޯކް ސިޓީގެ އިތުރުން ވެސްޓްބްރޮމް އަލްބިއަން އެވެ.
ހިޔާލު