Newcastle Athun Bodu Thafaathakun Balive Chelsea Europa League Ah
image
0 ކޮމެންޓް
 

ނިއުކާސަލް އަތުން ބޮޑު ތަފާތަކުން ބަލިވެ ޗެލްސީ ޔޫރޮޕާ ލީގަށް

ރޭ ޕްރިމިއާ ލީގު 2017/18 ސީޒަނުގެ ފަހު މެޗުގައި ނިއު ކާސަލް ޔުނައިޓެޑު އަތުން މިދިޔަ ސީޒަނުގެ ޗެމްޕިއަން ޗެލްސީ ބަލިވެއްޖެ އެވެ. muni
ޗެލްސީ ނިއު ކާސަލް ޔުނައިޓެޑު އަތްދަށުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި ބައްޔާއެކު ޗެލްސީއަށް ޗެމްޕިއަންސް ލީގުން ފުރުސަތެއް ހޯދުމަށް އޮތް ހަނި އުއްމީދު ވެސް ނިމުމަކަށް އައިސްފައިވާއިރު ޗެލްސީ އަންނަ ސީޒަނުގައި ފެނިގެންދާނީ ވާދަވެރި އާސެނަލްއާއެކު ޔޫރޮޕާ ލީގުންނެވެ.

މި ސީޒަނުގެ ގަދަ ހަތަރު ޓީމުގެ ގޮތުގައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދީ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމުގެ އިތުރުން ލިވަޕޫލް (ޕްލޭ-އޮފް) އެވެ.

ޗެލްސީގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި ސީޒަނުގައި އެޓީމަށް އަދި މުބާރާތެއް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުގެ ރޭ އެފްއޭ ކަޕު ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ މެޗުން މޮޅުވެ ޗެލްސީއަށް މި ސީޒަން ތައްޓާއެކު ނިންމާލުމުގެ ފުރުސަތު އެބައޮތެވެ.
ހިޔާލު