Arsenal Supporterunnah Kulli Akah Wenger "Miss" Vejje
image
އިއްޔެގެ މެޗުގައި ހަޑާސްފިލްޑް ދަނޑުމަތިން އުދުއްސި ފްލައިޓެއްގައި އައްސާފައިވާ ބެނާއެއް ފޮޓޯ:--
0 ކޮމެންޓް
 

އާސެނަލް ސަޕޯޓަރުންނަށް ކުއްލިއަކަށް ވެންގާ "މިސް" ވެއްޖެ

މީގެ ދެ މަހެއްހާ ދުވަސް ކުރިން ވެންގާ ބޭރުކުރުމަށް ގޮވާލާ އަޑުއުފުލަމުންދިޔަ އާސެނަލްގެ ސަޕޯޓަރުންނަށް ކުއްލިއަކަށް އޭނާ "މިސް" ވާން ފަށައިފި އެވެ. Dhiraagu
ވެންގާ އާސެނަލްގެ ކޯޗު ކަމުގައި ހޭދަކުރި ފަހު ދެ ތިން އަހަރުގައި އޭނާ ކްލަބުން ދުރު ކުރުމަށް ގޮވާލާ އެންމެ ވަރުގަދައަށް މެނޭޖުމަންޓަށް ޕްރެޝަރު ކުރި ސަޕޯޓަރުން ރޭ އޭނާ ކްލަބުގެ ކޯޗުކަމުގައި ދަނޑަށް އެންމެ ފަހު ފަހަރަށް ނުކުތުމުން ދެއްކީ މުޅިން ތަފާތު މަންޒަރެކެވެ. ކުރިން ވެންގާ އައުޓް ބޭނާތައް ހިފައިގެން ރުޅިއައިސް ރަތްވެފައި ތިބި މޫނުތައް ރޭގެ މެޗުން ފެނުނީ ފެންކަޅިވެ، މާޔުސްކަމާއެކު "މާސީ ވެންގާ" ޖަހާފައިވާ ބެނާތަކާއެކު އެވެ.

ބެނާތަކުން ނިމުނީއެއް ނޫނެވެ. އާސެނަލް ސަޕޯޓަރުން ވަނީ އެކްލަބުގެ މަޝްހޫރު #ވެންގާ އަޓް ފްލައިޓު ވެސް "ރީބްރޭންޑު" ކޮށްލާފައެވެ. ރޭ ހަޑާސްފިލްޑާ ދެކޮޅަށް އާސެނަލް ނިކުތް މެޗުގައި ޖޯން ސްތިން ސްޓޭޑިއަމްގެ މަތިން އެފްލައިޓު އުދުއްސާފައިވާއިރު މިފަހަރު ފްލައިޓުގެ ފަހަތުގައި އައްސާފައިވާ ބޭނާގައި ލިޔެފައިވަނީ މުޅިން ތަފާތު މެސެޖެކެވެ. މިފަހަރުގެ ބެނާގައި ޖަހާފައި އޮތީ "މާސީ ވެންގާ، ވީ ވިލް މިސް ޔޫ ޓޫ." މިހެންނެވެ. ރޭގެ މެޗުގެ ތެރެއިން އިތުރު ފްލައިޓެއް ވެސް ވަނީ ދަނޑުމަތިން އުދުއްސާފައެވެ. މި ފްލައިޓުގައި ވެސް ކުރިން ފްލައިޓެކޭ އެގޮތަށް ބެނާއެއް އްސާފައިވާއިރު އެ ބެނާގައި ލިޔެފައިވަނީ "#އާސެންވެންގާ - އާސެނަލް ލެޖެންޑް" މިހެންނެވެ.

މީގެ ކުރިން ވެންގާ ކްލަބު ދޫކޮށްދިއުމަށް އެދި ގޮވާލަމުން ދިޔަ ސަޕޯޓަރުން، އޭނާ 22 އަހަރަށްފަހު ކްލަބު ދޫކޮށްލާނެ އިއުލާން ކުރުމުން އޭނާ ސަޕޯޓަރުންނަށް ބަދަލުވީ އެވެ. މުޅި މަންޒަރު ބަދަލުވީ އެވެ. އާސެނަލް ސަޕޯޓަރުންގެ ފަރާތުން ފެނުނު މި ކުއްލި ބަދަލު އަޅައިގަތީ މަދުބަޔެއްގެ ލޮލުގައެއް ނޫނެވެ. ރޭގެ މެޗު ބަލަން ދިޔަ ގިނަ އަަދަދެއްގެ ހަޑާސްފީލްޑް ސަޕޯޓަރުންގެ ފަރާތުން ވެސް އެޓީމުގެ ސަޕޯޓަރުނަށް މިކަމާ ގުޅިގެން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. "ތީ ދެފަހަރު ދެގޮތަށް ވާހަކަ ދައްކާ ފޭކު ބަޔެއް". ހަޑާސްފީލްޑް ސަޕޯޓަރުން އަޑުހަރުކޮށް މެޗުގެ ތެރެއިން ގޮވާފައިވެއެވެ.

އާސެނަލާ ގާތް ގުޅުމެއް އޮންނަ ސިއްރު މައްދަރުތަކާ ހަވާލާދީ އިނގިރޭސި ނޫހަކުން ކުރި ރިޕޯޓެއްގައި ބުނެފައިވަނީ ގޮތުގައި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އާސެން ވެންގާ ބޭނުންވީ އޭނާގެ ވަޒީފާގެ ދިފާއުގައި މަސައްކަތްކޮށް، ކްލަބާއެކު ކާމިޔާބީ ހޯދޭނެކަން ސާބިތުކޮށްދިނުމަށެވެ. ނަމެވެސް އޭނާ އެންމެފަހުން ކްލަބު ދޫކޮށްލާނެކަން އިއުލާން ކުރީ އެކްލަބުގެ ބޯޑުގެ މެމްބަރުން އެކަމަށް ޕްރެޝަރު ކުރަން ފެށުމުންނެވެ.

މި ސީޒަނުގައި އާސެނަލްގެ ފަރާތުން ފެނިގެންދިޔަ ކުޅުމަށްފަހު އާސެނަލްގެ ބޯޑުން ވެންގާއަށް ހުށަހެޅީ ދެގޮތެކެވެ. އެއީ އަމިއްލައަށް މަގާމުދޫކޮށް، 11 މިލިއަން ޕައުންޑުގެ ފީއަކާއެކު ފުރިހަމަ އިއްޒަތާ އިހުތިރާމާއެކު "ލެޖެންޑެއް" ގޮތުގައި ކްލަބު ދޫކުރުން، ނުވަތަ ކްލަބުން އޭނާ މަގާމުން "ސެކް" ކޮށް ވަޒީފާއިން ވަކިރުންމެވެ.

22 އަހަރަށްފަހު ކްލަބުދޫކޮށްލާނެކަން އިއުލާންކޮށްފައިވާ އާސެން ވެންގާ ވަނީ އެކްލަބާއެކު 3 ފަހަރު ޕްރިމިއާ ލީގު އަދި 7 ފަހަރު އެފްއޭ ކަޕު ކާމިޔާބުކޮށްފައެވެ. އޭނާ އަކީ ޕްރިމިއާ ލީގު ކްލަބަަކަށް އެންމެ ގިނަ ދުވަހު ކޯޗުކަން ކޮށްދިން ކޯޗެވެ. އަދި ޕްރިމިއާ ލީގު މެޗަކުން ބަލިނުވެ ތަށި އުފުލާލި ހަމައެކަނި ކޯޗު ވެސް މެއެވެ. އޭނާ އަކީ ޕްރިމިއާ ލީގު ތާރީހުދުށް އެންމެ ހުނަރުވެރި، އަދި ކާމިޔާބު ކޯޗުން ތެރެއިން ހިމެނޭ ކޯޗެވެ. ކުރުކޮށް ދަންނަވާނަމަ ހަމަ "ލެޖެންޑް" އެކެވެ.

އާސެން ވެންގާ ކްލަބު ދޫކޮށްލާނެކަން އިއުލާން ކުރީ އޭނާ ބޭރުކުރުމަށް ސަޕޯޓަރުން #ވެންގާއައުޓް ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ހިންގަން ފަށާފައިވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
ހިޔާލު