Tax Nudhahkaa Faraaithakuge Mauloomaath Aanmukohfi
image
މީރާ-
0 ކޮމެންޓް
 

ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށްފި

ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ.
މީރާއިން އިއްޔެ ވަނީ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޓެކްސް ނުދައްކާ 257 ފަރާތެއްގެ މައުލޫމާތު އާންމުކޮށްފައެވެ.

އެ ލިސްޓުގައި ހިމެނެނީ މާލެ، ވިލިނގިލި، ހުޅުމާލެ އަދި ޓޫރިސްޓް ރިސޯޓުތަކުގައި ވިޔަފާރި ކުރާ ފަރާތްތަކާއި ޓޫރިޒަމް ދާއިރާގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޓެކްސް ނުދައްކާ ފަރާތްތައް ކަމަށް މީރާއިން ބުނެއެވެ.

ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ ކަމަށާއި، އެސް.އެމް.އެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައިވާނެ ކަމަށް މީރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.
ޖީއެސްޓީ މީރާ
ހިޔާލު