ACP Mannaanu Fuluhunge Vazeefa inn Vakikohfi
image
އޭސީޕީ މަންނާން
0 ކޮމެންޓް
 

އޭސީޕީ މަންނާން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާން ޔޫސުފް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފިއެވެ. dhi2
މައުލޫމާތު ލިބިފައިވާ ގޮތުގައި މަންނާނު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ޑިސިޕްލިނަރީ މައްސަލައެއް ބެލުމަށްފަހު އިއްޔެއެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދާލުމަށް ގުޅާލުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ބަހެއް ބުނެވެން ނެތް ކަމަށެވެ.

މަންނާނު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ޑިސިޕްލިނަރީ ކޮން މައްސަލައެއްގައި ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.
ހިޔާލު