Noosverikamun Chow Chief Minister Kamah
image
ޗާއޯ ކޮން އިޔޯ
1 ކޮމެންޓް
 

ނޫސްވެރިކަމުން ޗާއޯ ޗީފް މިނިސްޓަރު ކަމަށް

ނޫސްވެރިއެއްގެ ގޮތުގައި 30 އަށް ވުރެ ގިނަ އަހަރު ހޭދަ ކުރުމަށްފަހު މެލޭޝިޔާގެ ރައްޔިތެއްކަމުގައިވާ ޗާއޯ ކޮން އިޔޯ އެގައުމުގެ ސްޓޭޓެއްކަމުއިވާ ޕެނާންގްގެ ޗީފް މިނިސްޓަރު ކަމުގެ މަގާމަށް އިންތިހާބު ވެއްޖެއެވެ. muni
ޕެނާންގް ސްޓޭޓްގެ ޗީފް މިނިސްޓަރު ކަމުގެ މަގާމަށް ޗާއޯ އިންތިހާބުވީ ބޭއްވި އާންމު އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. އުމުރުން 60 އަހަރުގެ ޗާއޯ އަށް މެލޭޝިޔާގައި "މިސްޓަރ ނައިސް ގާއި" ގެ ނަމުން ވެސް މުހާތަބު ކުރެއެވެ. ނޫސްވެރިކަމުގައި ހަރަކާތްތެރިވި އިރު ޗާއޯއަށް ވަނީ ވަރަށް ބޮޑަށް ފިއްތުންތައް ވެސް ކުރިމަތިވެފައެވެ.

ޗާއޯއަށް ގިނަ ބަޔަކު ތާއީދު ކުރާ އެއް ސަބަބަކީ ޗާއޯ ވާހަކަ ދައްކާއިރު، އެ ދައްކާ ވާހަކަތައް ސާބިތުކޮށްދިނުމަށްޓަކައި ހެއްކާއި ދަލީލު ގެނެސްދޭތީއެވެ. އަދި އަމިއްލަ އުފަލެއް ހޯދުމަށް އިދިކޮޅު ފަރާތްތައް ބަދުނާމު ނުކުރުމަކީ އޭނާއަށް މީހުން ތާއީދުކުރާ އެއް ސަބަބެވެ. އޭގެ އިތުރުން ޗާއޯއަކީ މީހުންގެ ވާހަކަތައް އަޑު އަހާ އެހުންތެރިއެކެވެ.

މެލޭޝިޔާގެ ބައެއް ނޫސްތަކުން ވަނީ ޗާއޯއަށް ދިރިއުޅުމާއި ބެހޭ ގޮތުން ރިޕޯޓްތައް ގެނެސްދީފައެވެ. އޮފީހުގައި، މީހުންނާއި ބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވޭއިރު އެފަދަ ކަމެއްގައި ޗާއޯ ބައިވެރިނުވާ ކަމަށް މެލޭޝިޔާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

ރުޅި ގަދަވެ، ކުރެވޭ ޒުވާބުތަކުގައި ވެސް ޗާއޯ، އޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނަނީ މަޑުމައިތިރިކަމާއެކު ކަމަށް މެލޭޝިޔާގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.
ހިޔާލު

ސައިނީ

ދިވެހި ނޫސްވެރިންް ނަށް މިސާލެއްކަމަށް ހީކުރަން ނޫސްގައި އެއްޗެއްގަހާއިރު ހެއްކާއި ގަރީނާ ހުރެގެން ގެހިއްޔާ އެހެން މީހަކު ކުރާނެ ކަމެއް ނޯއްނާނެ އެއްނު