BML dhen hulhuveynee anna aadheetha dhuvahu
image
ބީއެމްއެލް ދެން ހުޅުވާނީ އަންނަ އާދީއްތަ ދުވަހު
0 ކޮމެންޓް
 

ބީއެމްއެލް ދެން ހުޅުވާނީ އަންނަ އާދީއްތަ ދުވަހު

މާދަމާއަކީ ރާއްޖެއަށް މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅުމުން އަންނަ ބުރާސްފަތި ދުވަހަކީވެސް ބޭންކް އޮފް މޯލްޑިވްސް ބަންދު ދުވަހެއްކަމަށް އެ ބޭންކުން ބުނެފިއެވެ. Dhiraagu
ބޭންކުން ބުނީ މާދަމާއިން ފެށިގެން މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ބޭންކު ބަންދުވާނެ ކަމަށާއި ދެން ބޭންކު ހުޅުވާނޭ މިމަހުގެ 20 ވާ އާދީއްތަ ދުވަހު ކަމުގައެވެ.
ނަމަވެސް އެ ބޭންކުގެ ސެލްފް ސާރވިސް ސެންޓަރުތަކުން ހިދުމަތް ލިބޭނެކަމަށް ބޭންކުން ބުނެއެވެ.

ރަމަޟާން މަހު އެހެން ބޭންކު ތަކަށް ވުރެ ގިނަ ވަގުތު ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ހުޅުވިފައި ހުންނާނެ އެވެ.

ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްތައް ދޭނެ ގަޑިތައް:

މާލޭގައި ހުރި ބްރާންޗްތައް: ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް
އެހެނިހެން ބްރާންޗްތައް: ހެނދުނު 10:30 އިން މެންދުރުފަހު 1:00 އަށް.
ސެލްފް ސާވިސް ބޭންކިންގ ސެންޓަރތައް އަދި ބީއެމްއެލް ކޮންޓެކްޓް ސެންޓަރގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ.

ބީއެމްއެލްއިން ބުނީ 35 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޕޮސިޓް ކުރުމާއި، ފައިސާނެގުމާއި، ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑި އިރު އަދިވެސް ލިބޭނެ ކަމުގައެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ޚިދުމަތްވެސް ރަމަޟާންމަހު ލިބޭނެއެވެ.
ހިޔާލު