Race 3 ge Trailer Nerefi
image
ރޭސް 3--
0 ކޮމެންޓް
 

ރޭސް 3 ގެ ޓްރެއިލާ ނެރެފި

ސަލްމާން ހާން ލީޑު ބަތަލެއްގެ ގޮތުގައި ފެނިގެންދާ ފިލްމު 'ރޭސް 3' ގެ ޓްރެއިލާ އާއްމުކޮށްފިއެވެ. kobadoctor
ކުޅަދާނަ ކޮރިއޮގްރަފަރު ރޭމޯ ޑި ސޫޒާ ޑައިރެކްޓްކޮށް ނެރޭ އެފިލްމަކީ އެކްޝަން ފިލްމެކެވެ. ފިލްމުގެ ޓްރެއިލާ އާއްމުކޮށްފައިވަނީ އިއްޔެއެވެ.

މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ނެރުމަށް ތައްޔާރުވަމުންދާ އެފިލްމުގައި ބޮލީވުޑްގައި ކުރިއަރަމުން އަންނަ ތަރި ޖެކްލީންއާ ޑެއިޒީ ޝާހް އަދި ބޮލީވުޑްގެ ކުޅަދާނަ ބަތަލުންކަމަށްވާ ސަލްމާން ހާނާއި ބޮބީ ޑިއޯލް އަދި އަނިލް ކަޕޫރުގެ އިތުރުން ސާގިބް ސަލީމު ފެނިގެންދާއިރު ފިލްމުގެ ޓްރެއިލާއިން އެކަނިވެސް އެފަންނާނުންގެ ކުޅަދާނަ އެކްޓިން ފެނިގެންދެއެވެ. އަނިލް ކަޕޫރަކީ ރޭސްގެ ފުރަތަމަ ބައިން ފެށިގެން ތިން ވަނަ ބައިން ވެސް ފެނިގެންދާނެ ހަމައެކަނި އެކްޓަރަވެ.

ރޭސް 3 ގައި ސަލްމާން ފެނިގެންދާނީ އޭނާ މީގެކުރިން ފެނިފައި ނުވާ ފަދަ ރޯލަކުންނެވެ.

އައްބާސް މުސްތާން ޑައިރެކްޓުކޮށް ރޭސްގެ ދެބައި ނެރިފައިވާއިރު އެފިލްމުތަކަށް ބޮޑު ކާމިޔާބީއެއް ލިބިފައިވެއެވެ. އެކްޝަން ފިލްމެއް ރޭމޯ ޑައިރެކްޓުކުރާ މިއީ ފުރަތަމަ ފަހަރު ނަމަވެސް އޭނާ މިހާތަނަށް ޑައިރެކްޓުކޮށް ނެރެފައިވާ ހުރިހާ ފިލްމަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

ރޭސް 3ގެ ޝޫޓިންތައް ނަގާފައިވަނީ އިންޑިއާގެ މުމްބާއީ އާއި ތައިލެންޑް އަދި ކަޝްމީރުގައެވެ. އެފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 15 ގައެވެ.
ހިޔާލު