Ramadan Mas: Thaubaave Faafathakai Dhuruvegathumah Ranuge Furusatheh!
image
ރޯދަ މަހަކީ ތަައުބާވެ ފާފަތަކާ ދުރުވާން ލިބޭ ރަނުގެ ފުރުސަތެއް---
0 ކޮމެންޓް
ޝެެއިހް ފައްޔާޒު އަލި މަނިކު
 

ރަމަޟާން މަސް: ތައުބާވެ ފާފަތަކާއި ދުރުވެގަތުމަށް ރަނުގެ ފުރުސަތެއް!

ރަމަޟާން މަހަކީ މާތް ﷲ މީސްތަކުންގެ މައްޗަށް ފޮނުއްވާފައިވާ ރަހުމަތެކެވެ. އެންމެ ގޮތަކުން ނޫނެވެ. އެތައް ގޮތަކުންނެވެ. Dhiraagu
ތައުބާވެ ފާފަތަކާއި ދުރުވެގަތުމަށް ވަކި ވަގުތެއް ނެތެވެ. ވީ އެންމެ އަވަހަކަށް އެކަން ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ރަމަޟާން މަހަކީ ތައުބާވެ ފާފަތަކާއި ދުރުވެގަތުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ފާފަތަކާއި ދުރުވެގަތުމަށް ލިބޭ ފުރުސަތަކަށް ރަމަޟާން މަސް ވެގެންދަނީ އެމަހަކީ މީހާކޮށްފައިވާ ކުދި ފާފަތައް ފުއްސަވާ، އަދި ފާފަތައް ކުރުމާއި ދުރުވެގަތުމަށް ފުރުސަތު ލިބޭ މައްސަރަކަށްވާތީއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. " مَنْ صَامَ رَمَضَانَ إِيْمَانًا وَاِحْتِسَابًا غُفِرَلَهُ مَا تَقَدَّمَ مِنْ ذَنْبِهِ " (رواه البخاري ومسلم) މާނައީ: " އީމާންކަމާއެކު، ﷲގެ ހަޟްރަތުން ދަރުމައަށް އެދި ރަމަޟާންމަހު ރޯދަ ހިފައިފި މީހާގެ ވޭތުވެދިޔަ ފާފައެއް ފުހެވިދެއެވެ."

ރަމަޟާން މަހަކީ ތައުބާވެ ފާފަތަކާއި ދުރުވެ ގަތުމަށް ލިބޭ ރަނުގެ ފުރުސަތަކަށްވަނީ މުޅި މަހުގައި ރޯދައަށް ހުރުމުގެ ސަބަބުން ފާފަތައް ކުރުމާއި މީހާ ދުރުހެލިކޮށްދޭނެތީއެވެ. މުޅި މަހު އެގޮތުގައި ދެމި ހުރެއްޖެ ނަމަ އެނބުރި ފާފަތަކަށް ނުގޮސް ހިފެހެއްޓުމަކީ ފަސޭހައިން ކުރެވޭނެ ކަމެކެވެ.

ރޯދައިގެ ހިކުމަތްތަކަށް ބަލާއިރު، ކެތްތެރިވުމާއި އަޒުމް ވަރުގަދަވުމަށް ދަސްވެއެވެ. އަދި ދުނިޔޭގެ އެނދުންތަކާ ދުރުވެ ﷲ ސުބުހާނަހޫ ވަތައާލާއަށް ބިރުވެތިވެ، އެކަލާނގެ ހަނދުމަ ކުރުން މަތީ ދެމި ހުރެވެއެވެ. އެއީ މީހާގެ އީމާންތެރިކަން ވަރުގަދަވާ ސަބަބެކެވެ.

ކުދި ފާފަތަކަށް މީހާ ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ވެސް އީމާންތެރިކަން ކުޑަވުމެވެ. ވީމާ އީމާންތެރިކަން އިތުރުކޮށް މާތް ﷲ އަށް ކުއްތަންވުން މަތީ ދެމިހުރުމަށް ލިބޭ މިފުރުސަތަކީ ތިމާ ކުރާ ފާފަތައް ނިމުމަކަށް ގެންނަ މައްސަރަކަށް ހަދަމާތޯއެވެ. އެއާއެކު ރަމަޟާން މަސް ނިމުމުން ވެސް އެގޮތުގައި ދެމި ހުރުމަށް އަޒުމު ކަނޑައަޅާ އެގޮތުގައި ދެމިހުންނަން ޖެހެއެވެ.

(މި ލިއުމަކީ ކުރިން ސީއެންއެމްގައި ގެނެސްދީފައިވާ ލިއުމެކެވެ)
ހިޔާލު