BBCge Spy Drama ah Anupam Khar
image
އަނޫޕާމް---
0 ކޮމެންޓް
 

ބީބީސީގެ ސްޕައި ޑްރާމާ މިސިޒް ވިލްސަންއަށް އަނޫޕާމް

ބީބީސީއިން ގެނެސްދެމުން ގެންދާ ސްޕައި ޑްރާމާ ސީރީސްއެއް ކަމަށްވާ މިސިޒް ވިލްސަންގައި އެކްޓު ކުރުމުގެ ފުރުސަތު ބޮލީވުޑްގެ ބަތަލު އަނޫޕާމް ހާރްއަށް ލިބިއްޖެއެވެ. dhi2
އެ ސީރީޒްގައި އަނޫޕާމް ފެންނާނެ ގޮތުގެ ފޮޓޯއެއް އާއްމުވެފައިވާ އިރު އަނޫޕާމް ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

އަނޫޕާމްވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ނޮދަން އަޔަލެންޑްގައި އެ ސީރީޒްގެ ޝޫޓިންތަކުގައި ބައިވެރިވާން ފަށާފައިވާ ކަމަށް ބުނެފައެވެ.

ބޮލީވުޑްގައި ގިނަ ފިލުމުތަކެއްގައި އެކި ދައުރުތައް އަދާކޮށްފައިވާ އަނޫޕާމްވަނީ މީގެ ކުރިން ވެސް ހޮލީވުޑްގައި ހަރަކާތްތެރިވެފައެވެ. އެގޮތުން ދަ ބޯއީ ވިތު އަ ޓޮޕްނޮޓުއާއި ދަ ބިގު ސިކުއަކީ ފާހަގަކޮށްލެވޭ ފިލުމުތަކެކެވެ.

އެ ސީރީޒްގައި އަނޫޕާމް އަދާ ކުރާ ދައުރު އަދި ހާމަކޮށްފައި ނުވި ނަމަވެސް ފޮޓޯތަކުން ފެންނަ ގޮތުގައި އެ ސީރީޒްގައި އަނޫޕާމް އަދާ ކުރަނީ ޑިޓެކްޓިވްއެއްގެ ބައި ކަމަށް ބެލެވެއެވެ.
ހިޔާލު