Gina Qaumthakah Roadha Mas Feshenee Maadhama
image
ގިނަ ގައުމުތަކަށް ރޯދަ މަސް ފެށެނީ މާދަމާ---
1 ކޮމެންޓް
 

ގިނަ ގައުމުތަކަށް ރޯދަ މަސް ފެށެނީ މާދަމާ

އިސްލާމުން އުޅޭ އަދި އިސްލާމީ ގިނަ ގައުމުތަކަށް މާދަމާ ރޯދަ މަސް ފަށާ ގޮތަށް ހަމަޖައްސައިފިއެވެ. Dhiraagu
ރަމަޟާން މަހުގެ ހަނދު ފެނިފައި ނުވާތީ ސައުދީ އަރަބިއްޔާގައި ވެސް ރޯދަ ހިފަން ފަށާނީ ބުރާސްފަތި ދުވަހުއެވެ. އިންޑޮނޭޝިޔާއިން ވެސް ހަނދު ފެނިފައި ނުވާތީ މިއަދު ރޯދަ ހިފަން ފަށާފައެއް ނުވެއެވެ.

ގަލްފް ނިއުސްއިން ބުނެފައިވާ ގޮތުގައި ލުބްނާނުގައި ރޯދަ މަސް ފަށާނީ މާދަމާއެވެ. ބަހުރައިންގައި ވެސް ހަނދު ނުފެންނާތީ މިއަދު ރޯދަ ނުހިފާނެއެވެ. އެހެންކަމުން ރޯދަ މަސް ފަށާނީ މާދަމާ ނުވަތަ ހުކުރު ދުވަހުއެވެ.

ދެކުނު ކޮރެއާއާއި ޖަޕާނާއި، ސިންގަޕޫރުގައި މާދަމާ ރޯދަ ހިފަން ފަށާނެއެވެ.

އުރުދުންއާއި އިރާގުގައި ވެސް ރޯދަ ހިފަން ފަށާނީ މާދަމާއެވެ. ޔޫއޭއީއާއި މެލޭޝިޔާއާއި އޮސްޓްރޭލިއާގައި ވެސް ރޯދަ މަސް ފަށާނީ މާދަމާއެވެ.

އަައްޓެރި ސްރީލަންކާއާއި އިންޑިއާ އަދި ޕާކިސްތާނުގައި ހަނދު ސާބިތު ކުރުން އޮންނާނީ މިއަދުއެވެ. ޕާކިސްތާނާއި އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ރޯދަ މަސް ފަށާނީ މާދަމާ ނުވަތަ ހުކުރު ދުވަހުއެވެ.

ރާއްޖޭގައި މިއަދުން ފެށިގެން މިއަހަރުގެ ރަމަޟާން މަސް ފަށާފައިވާ އިރު އެގޮތަށް ކަނޑައަޅާފައިވަނީ ރޭ އިރުއޮއްސުނު އިރު ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ހަނދު ފެންމަތިވެފައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ ކަމަށް ހަނދު ސާބިތު ކުރަން ބޭއްވި ކޮމިޓީން ވަނީ ބުނެފައެވެ. ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލަށް ބަލައި މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައެޅީ ކަމަށް ހަނދު ސާބިތު ކުރުމުގެ ބަޔާނުގައި ވެއެވެ.
ހިޔާލު

މާމަގެ ލާއިގު

މިތާ ޖެހިގެން އޮތް ސްރީލަންކާ އައްވެސް ރޯދަމަސް ފެށެނީ މާދަމާ " ދިވެހި ރާއްޖެއައް ރޯދަމަސް އައީ ކޮންތާކުން ފެނުނު ހަންދަކައް ބަލައިގެންތޯ؟؟؟ ނުވަތަ ކާކު ހެދި ފަލަކީ ހިސާބަކައް ބަލައިގެން ތޯ؟؟؟ ހެޔުނުވާނެ ދީނީ ކަން ކަމައް ހިތައް އެރި މީހަކު ހިތައް އެރި ގޮތަކައް ކަންކަން ނިންމަން