Malaysiage Idhikolhu Leader Anwar Ibrahim Minivan Koffi
image
އަންވަރު އަނބިކަނބަލުންނާއެކު ގަނޑުވަރަށް ވަޑައިގަންނަވަނީ---
0 ކޮމެންޓް
 

މެލޭޝިޔާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމް މިނިވަންކޮށްފި

މެލޭޝިޔާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމް މިއަދު މިނިވަންކޮށްފިއެވެ. Dhiraagu
އަންވަރު މިނިވަން ކުރި އިރު އޭނާ ގެންދިޔައީ ޗެރަސް ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުންނެވެ. މެލޭޝިޔާ ގަޑިން 11:30 އެހާއިރު މިނިވަން ކުރުމާއެކު އަންވަރުވަނީ ޝާހީ ގަނޑުވަރަށް ރަސްގެފާނުގެ ފައިންޕުޅު ދެކުމަށް ވަޑައިގެންފައެވެ. ޝާހީ ގަނޑުވަރުން އަންވަރަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ މިހާރުގެ ބޮޑު ވަޒީރު މަހާތީރު މުހައްމަދެވެ.

މަހާތީރުވަނީ އަންވަރަށް ފުރުސަތު ދިނުމުގެ ގޮތުން ދެ އަހަރުފަހުން އެ މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވާފައެވެ.

ޝާހީ އަފުވާމުގެ ދަށުން އަންވަރު މިއަދު މިނިވަން ކުރި އިރު އޭނާގެ ހުކުމުގެ މުއްދަތު ޖޫން މަހުގެ އަށްވަނަ ދުވަހު ހަމަވެ މިނިވަންވާނެއެވެ. އަންވަރަށް ފަސް އަހަރުގެ ހުކުމެއް އިއްވާފައިވަނީ 2015 ވަނަ އަހަރުއެވެ. ނަމަވެސް އަންވަރުގެ އަހުލާގަށް ަލައި އޭނާގެ ހުކުމުން ބައެއް ކުރިން ވަނީ އުނިކޮށްފައެވެ.

އަންވަރު މިނިވަން ވެގެން ހޮސްޕިޓަލުން ނުކުތް އިރު އޭނާއަށް ސަޕޯޓު ކުރާ އެތައް ބަޔަކުވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ. އެއްވެފައިވާ މީހުން ގިނަ ކަމުން އަންވަރު ނޫސްވެރިންނާ ބައްދަލު ކުރުމަށް ހަމަޖައްސާފައި އޮތް ބައްދަލުވުން ވެސްވަނީ ކެންސަލުކޮށްފައެވެ.
ހިޔާލު