Taiwange Kureege Raees Ma Ying-jeou 4 Mahah Jalah
image
0 ކޮމެންޓް
 

ޓައިވާންގެ ކުރީގެ ރައީސް މާ ޔިންގް ޖިއޯ ހަތަރު މަހަށް ޖަލަށް

ޓައިވާންގެ ކުރީގެ ރައީސް މާ ޔިން ޖިއޯ ހަތަރު މަހަށް ޖަލަށްލުމަށް ޓައިވާންގެ ހައިކޯޓަކުން ހުކުމްކޮށްފިއެވެ. kobadoctor
މާ ޔިންގް ޖިއޯ ހަތަރު މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ރައީސްކަން ކުރެއްވި އިރު ގައުމީ ސަލާމަތަށް ނުރައްކާވެދާ ފަދަ މައުލޫމާތުތަކަކާއި އިދިކޮޅު މެންބަރެއްގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރި މައްސަލައެއްގައެވެ.

މާ ޔިންގް ޖިއޯއަށް އިއްވާފައިވާ ހުކުމް އިސްތިއުނާފު ކުރަން ނިންމާފައިވާ އިރު ޖަލު ހުކުމުގެ ބަދަލުގައި 4000 ޑޮލަރުގެ ޖުރިމާނާއެއް ވެސް ދެއްކިދާނެއެވެ.

މާ ވަނީ 2008 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ޖެހެންދެން ރައީސްކަން ކުރައްވާފައެވެ.

އެ މައްސަލައަކީ އިދިކޮޅު މެންބަރަކަު މާ އާއި ދެކޮޅަށް 2013 ވަނަ އަހަރު ކުރި ދައުވާއެކެވެ. އެ މައްސަލާގައި ދަށު ކޯޓުން އޭރުވަނީ މާ ގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް އިއްވާފައެވެ.
ހިޔާލު