North Korea ge Inzaareh America ah
image
އުތުރު ކޮރެއާގެ ލީޑަރު އެގައުމުގެ ސިފައިންގެ އޮފިސަރުންތަކަކާއެކު
0 ކޮމެންޓް
 

އުތުރު ކޮރެއާގެ އިންޒާރެއް އެމެރިކާއަށް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައްދަލުވުން ކެންސަލްކުރަން ޖެހިދާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާއިން ދީފިއެވެ. Dhiraagu
އެކަން ހާމަކޮށް އުތުރު ކޮރެއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގައި ހުރި ނިއުކްލިއާ ހަތިޔާރު ނައްތާލަން އެމެރިކާއިން ބޭނުންނުވާނަމަ އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ނެތް ކަމަށެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް އާއި އެމެރިކާގެ ރައީސް ޓްރަމްޕް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. އުތުރު ކޮރެއާގެ ބަޔާން އެގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ގެނެސްދީފައެވެ. ބަޔާނުގައި އުތުރު ކޮރެއާއިން ބުނެފައިވަނީ އެމެރިކާއިން ތާކުންތާކުން ނުޖެހޭ އުޒުރުތައް ދައްކަމުންދާ ކަމަށެވެ.

އުތުރު ކޮރެއާއިން ވަނީ އެގައުމުގައި ހުރި ނިއުކްލިއާ ހަތިޔާރު އުފައްދާ ތަންތަން މިމަހުގެ ތެރޭގައި ނައްތާލާނެ ކަމަށާއި އެތަންތަން ނައްތާލާއިރު އެމެރިކާގެ އޮފިޝަލުންނަށް ދައުވަތު ދޭނެ ކަމަށްވެސް ބުނެފައެވެ. އެމެރިކާއިން ތަކުރާރުކޮށް ދަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް ގޮވާލަމުންނެވެ.
ހިޔާލު