Worldcup aa dhimaakoh Russia ga Dhivehiraajje Isthihaarukuranee
image
0 ކޮމެންޓް
 

ވޯލްޑްކަޕާއި ދިމާކޮށް ރަޝިއާގައި ދިވެހިރާއްޖެ އިސްތިރާހު ކުރަނީ

މިއަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕާއި ދިމާކޮށް އެގައުމުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ. kobadoctor
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް މޮސްކޯގައި ދުއްވާ 100 ޓެކްސީގައި، ރާއްޖޭގެ ރީތި އެކިއެކި މަންޒަރުތައް ފެންނަ ކުރެހުންތައް ޖެހުމަށް ވަނީ ނިންމާފައެވެ.

އެކަމާއި ގުޅޭ ލިޔުމާ ހަވާލުވެވަޑައިގެން ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރަޝިއާއަކީ ފަތުރުވެރިކަމަށް މުހިންމު މާކެޓެއް ކަމަށާއި ކުރިއަށް އޮތް ތާނގައި، ރަޝިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފަސޭހަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތް ކުރަނީ ޖަރުމަނީގެ ކުންފުންޏެއް ކަމަށްވާ ކެބްވަޓައިޒްމަންޓް ޔޫރަޕާ ގުޅިގެންނެވެ. އެ ކެމްޕެއިން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދެ މަސް ދުވަހަށް ކުރިއަށްދާނެއެވެ.

މިއަހަރުގެ ވޯލްޑްކަޕް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. ވޯލްޑްކަޕްގެ ގިނަ މެޗްތަކެއް މޮސްކޯގައި ކުޅޭނެއެވެ. އޭގެ ތެރޭގައި ފައިނަލް މެޗާއި ސެމީ ފައިނަލްގެ މެޗެއް ހިމެނެއެވެ.
ހިޔާލު