Artificial Beach Sarahadhu Tha'raqeekuran MTCC aa Havaalukohfi
image
އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެެރެއިން--ފޮޓޯ ހައުސިން މިނިސްޓްރީ
0 ކޮމެންޓް
 

އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީކުރަން އެމްޓީސީސީ އާ ހަވާލުކޮށްފި

މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ. dhi2
އެކަމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެމްޓީސިސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެ ސަރަހައްދު އަލުން ތަރައްގީ ކުރުމުގެ މަޝްރޫއަކީ ޖުމުލަ 13.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ތަރައްގީކުރުމުގެ މަސައްކަތް ފަސް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެ މަޝްރޫއަކީ ސަރުކާރުގެ ބަޖެޓުން 10 މިލިއަން ރުފިޔާ އަދި އެމްޓީސީސީގެ ސީއެސްރާރު ޕްރޮޖެކްޓުގެ ދަށުން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރާނެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން އާޓިފިޝަލް ބީޗް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. އެ ސަރަހައްދުގައި އައުޓް ޑޯ ޖިމަކާއި ފެންވަރަށް ބޭނުންވާ ވަސީލަތްތަކާއި ކެފޭތައް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހިޔާލު