1 Vana ah Umra Dhathureh Libey Suvaalu Mubaaraatheh VFP in Kuriah Gendhanee
image
3 ކޮމެންޓް
 

އުމްރާ ދަތުރެއް ލިބޭ ސުވާލު މުބާރާތެއް ވީއެފްޕީން ކުރިއަށް ގެންދަނީ

އެއް ވަނަ އަަށް އުމްރާ ދަތުރެއް ލިބޭ ދީނީ ސުވާލު މުބާރާތް "ރަންމުތް" މި ރޯދަ މަހު ވެސް ކުރިއަށް ގެންދިއުމަށް ވީއެފްޕީން ނިންމައިފިއެވެ. muni
މާދަމާއިން ފެށިގެން އީދު ދުވަހާއި ހަމައަށް ކުރިއަށް ގެންދާ އެ މުބާރާތުގައި ކޮންމެ ދުވަހަކު ވެސް ފަސް ސުވާލު ގެނެސްދެވޭނެއެވެ.

ހެނދުނު 10 އިން ފެށިގެން ރޭގަނޑު 10 އެއް ޖަހަންދެން ސުވާލުތަކަށް ޖަވާބު ދިނުމުގެ ފުރުސަތު ލިބޭނެއެވެ.

އެއް ވަނަ އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ލިބޭ އިރު ދެވަނަ އިނާމެއްގެ ގޮތުގައި އައިސް އަލަމާރިއެއް އަދި ތިން ވަނަ އިނާމެއްގެ ގޮތުގައި 32 އިންޗިގެ ސްމާޓު ޓީވީއެއް ދިނުމަށްވަނީ ހަމަޖައްސާފައެވެ.

އެއްވަނަ އިނާމު ސްޕޮންސަ ކޮށްފައިވަނީ އެކްރޮ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ. ދެވަނަ އިނާމު ސްޕޮންސަކޮށްފައިވަނީ ކައިލާން ފިހާރައިގެ ފަރާތުންނެވެ.

ރަންމުތް ސުވާލު މުބާރާތް ވީއެފްޕީން ވާނީ މިދިޔަ އަހަރު ވެސް ކުރިއަށް ގެންގޮސްފައެވެ.
ހިޔާލު

ޙަލީމު

އަދި ހަމަ ނުވެގެން އެއުޅެނީ

މަރީ

މިމުބާރާތުގައި ބަިވެރިވާނެ ގޮތް ބުނެދީބަ

ސުވާލު

މި މުބާރާތުގައި ބައިވެރިވަނީ ކިހިނެއް. އުޅެ އުޅެ ނޭނގުނު