2 Fandiyaarunah ivvi hukum thah isthiunaf ah
image
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ހަމީދު
0 ކޮމެންޓް
 

ދެ ފަނޑިޔާރުންނަށް އިއްވި ހުކުމްތައް އިސްތިއުނާފަށް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަގެ މައްޗަށް އިއްވި ހުކުމްތައް އިސްތިއުނާފަށް ހުށައަޅައިފިއެވެ. Dhiraagu
ދެފަނޑިޔާރުންގެ ހުކުމްތަކުގެ ލިއުންތައް ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުންގެ ވަކީލުން ހުށައެޅުއްވި ނަމަވެސް ކްރިމިނަލް ކޯޓުން އަދި އިސްތިއުނާފުގެ ލިއުންތައް ހައިކޯޓަށް ފޮނުވިކަމެއް ސާފެއް ނުވެއެވެ.

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރި ދައުވާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުންވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި، ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ހިދުމަތް ސުޕްރީމް ކޯޓުން ކަނޑާލަން އަބްދުﷲ ސައީދު އެންގެވި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު 4 މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ މިމަހުގެ އަށް ވަނަ ދުވަހު ހުކުމް ކޮށްފައެވެ.

ހިޔާލު