Aizwal Athun Balive New Radiant Kataifi
image
ނިއު ރޭޑިއަންޓުގެ ކުޅުންތެރިންތަކެއް ދަނޑުމަތީގާއި އުފާފާޅު ކުރަނީ ފައިލް ފޮޓޯ:-އަވަސް
0 ކޮމެންޓް
 

އައިޒޯލް އަތުން ބަލިވެ ނިއު ރޭޑިއަންޓު ކަޓައިފި

ރޭ އޭއެފްސީ ކަޕް ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި އައިޒޯލްއާ ބައްދަލު ކުރި މެޗުން ބަލިވެ ނިއު ރޭޑިއަންޓު މުބާރާތުން ކަޓައިފި އެވެ.
އައިޒޯލްއާ ބައްދަލު ކުރި މެޗުން ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައިނުވާއިރު މެޗުގެ 61 ވަނަ މިނެޓުގައި ލަނޑުޖަހާ މެޗުގެ ލީޑު ނެގީ އައިޒޯލްއިންނެވެ. ޑޯޒޯގެ ލަނޑާއެކު އައިޒޯލްއިން ލީޑު ނެގިއިރު 82 ވަނަ މިނެޓުގައި އެޓީމުގެ އަންދްރޭ ވަނީ އިތުރު ލަނޑެއް ޖަހާ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ނިއުއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު އޭގެ ތިން މިނެޓުފަހުން ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިބްރާހިމް އަތީގެވެ.

ބެންގަލޫރުން 15 ޕޮއިންޓާ އެކު އެއް ވަނަ ހޯދިއިރު ނިއު ދެ ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. ރޭގެ މޮޅުވެގެން ނިއު އަށް އެއް ވަނަ ހޯދުމުގެ ފުރުސަތު އޮތެވެ. ތިން ވަނަ ދިޔަ އަބަހާނީ އާއި ހަތަރު ވަނަ ދިޔަ އައިޒޯލަށް ލިބުނީ ހަތަރު ޕޮއިންޓެެވެ.
ހިޔާލު