Gamah Dhathukururamun Dhiya Boateh Mulaku Farah Arafi
image
ފަރަށް އެރި ބޯޓު-- ފޮޓޯ: ފުލުހުން
0 ކޮމެންޓް
 

ލ.ގަމަށް ދަތުރު ކުރަމުން ދިޔަ ބޯޓެއް މުލަކު ފަރަށް އަރައިފި

މާލެއިން ފުރައިގެން ލ. ގަމަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފިއެވެ. muni
"މީންވިލާ" ނަމަކަށް ކިޔާ އެދޯނި އަރާފައިވަނީ މ. މުލަކު ފަރަށް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ ރޭ 19:50 ހާއިރު އެދޯނި ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންނާއެކު ހާބަރ ކްރާފްޓް ލޯންޗެއް އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށާއި މިހާރު އެދޯނި ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެހާދިސާ ހިނގިއިރު ދޯނީގައި ތިބީ 5 ދިވެހިންނާއި 3 ބިދޭސީން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެހެން ނަމަވެސް އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ހިޔާލު