Boakoh vaarey vehi thinadhoo gai fenbodu vejje
image
ބޯކޮށް ވާރޭ ވެހި ތިނަދޫގައި ފެންބޮޑުވެއްޖެ
0 ކޮމެންޓް
 

ބޯކޮށް ވާރޭ ވެހި ތިނަދޫގައި ފެންބޮޑުވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރާގައި މިއަދު ބޯކޮށް ވާރޭ ވެހި ގދ ތިނަދޫގެ ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެއްޖެ އެވެ.
ފުލުހުންބުނީ ތިނަދޫގައި ފެންބޮޑުވުމުގެ ސަބަބުން ފުލުހުން ހަރަކަތްތެރިވަމުން ގެންދާ ކަމުގައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހެމުންދާއިރު، ކުރިއަށް އޮތް 24 ގަޑިއިރުވެސް މެދުރާއްޖެތެރެއާއި ދެނުކުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުން ގދ. ތިނަދޫ
ހިޔާލު